ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށާއި މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާގުޅޭ:

ކައުންސިލް އިދާރާއަށާއި އިދާރާގެ ދަށުން ބަލަހައްޓަމުން ގެންދާ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް މި އިދާރާއިން ފޯރުކޮށްދޭ ލިސްޓުގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

05 ޖޫން 2023 އިން 07 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ.

މަޢުލޫމާތު ދިނުން

ބީލަމާގުޅިގެން ސާފުކުރަންޖެހޭ މައުލޫމާތެއްވާނަމަ 05 ޖޫން 2023 އިން 07 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ފޮނުވުމުން އެކަމުގެ މައުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

14 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 ޒުލްޤަޢިދާ 1444

04 ޖޫން 2023

04 ޖޫން 2023
ހޯދާ