މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ލިޓްލް ބިގް އައިލެންޑް" ކުޑަފަރި ފެސްޓިވަލްގައި ބައިވެރިވުމާއި ގުޅޭ

ނ. ކުޑަފަރި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ލިޓްލް ބިގް އައިލެންޑް ފެސްޓިވަލް" ގައި ނ. ކެނދިކުޅުދޫއިން ބައިވެރިވުމަށް ނިންމާފައިވާތީ، ކެނދިކުޅުދޫގެ ޘަޤާފަތާއި އަމިއްލަވަންތަ ކެއިންބުއިމުގެ ބާވަތްތައް ޕްރޮމޯޓްކުރުމުގެ ގޮތުން ސްޓޯލެއް ތައްޔާރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ސްޓޯލްގައި ބައިވެރިކުރާނެ އައިޓަމްތައް ތައްޔާރުކޮށް އިޝްތިހާރުކުރުމަށް ބޭނުންވާ މަސައްކަތްތައް މިގެންދަނީ ރާވާ އިންތިޒާމްކުރަމުންނެވެ. މިފެސްޓިވަލަކީ އަތޮޅުގެ ގިނަ ރަށްރަށާއި، ރިސޯޓްތަކާއި އަވަށްޓެރި އަތޮޅުތަކުގެ ގިނަބަޔަކު ބައިވެރިވާގޮތަށް އިންތިޒާމްކުރެވިފައިވާ ފެސްޓިވަލްއެއް ކަމުގައިވެސް ދަންނަވަމެވެ.

މިގޮތުން، ކެނދިކުޅުދޫގެ ރައްޔިތުން ތައްޔާރުކުރާ "ރަށުވަންތަ" ކެއިންބުއިމުގެ ބާވަތްތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ ރައްޔިތުންނަށް ހުޅުވާލަމެވެ. އެގޮތުން، ކަނޑުލާއި، ކަނަމަދު ފަދަ ތަކެތިން އެކިބާވަތްތައް ތައްޔާރުކޮށް އެފެސްޓިވަލްގައި އިޝްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު އޮންނާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖޫން 2023 ގެ 14:00 ގެ ކުރިން އ.ތ.މ ކޮމިޓީ ރައީސް، ޢާއިޝަތު އީސާ (7781539) ނުވަތަ އ.ތ.މ ކޮމިޓީ ނައިބު ރައީސް ނަޛްފާ މުޙައްމަދު ސަޢީދު (9661385) އަށް ގުޅުއްވައިގެން ނުވަތަ މެސެޖުކުރައްވައިގެން ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޛުލްޤަޢިދާ 1444

03  ޖޫން    2023

03 ޖޫން 2023
ހޯދާ