ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހާދީ ވިއްކާނެ ފަރާތެއް ހޯދުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު. (ދެވަނަ ފަހަރަށް)

  1. މިސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކައި ދޭނެ 2 ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން: (IUL)GS-56-D/GS-56/2023/19 އަށް ބިޑް ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށް ވުމާއެކު، މިކަމަށް ދެވަނަފަރާތެއް ހޯދުމަށް ބޭނުންވާތީ މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 01 ން 2023 ޖޫން 11 ވާ އާދިއްތަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ. އީމެއިލް ފޮނުއްވާނަމަ [email protected] އަށް ފޮނުއްވުމަށްފަހު މެއިލް ސްކޫލަށް ލިބުނުކަން ކަށަވަރުކުރައްވަން ވާނެއެވެ. އީމެއިލް ކުރައްވާނަމަ ޢިއުލާން ނަންބަރު، ވިޔަފާރި / ކުންފުނީގެ ނަން، ހުށައަޅުއްވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު، މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމެނުއްވުން އެދެމެވެ. އަދި ތިރީގައިވާ ލިންކް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ.

ލިންކް: https://forms.gle/wU8HtyW4bLJwjzkV6

  1. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
  2. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 2023 ޖޫން 11 ވާ އާދިއްތަ ދުވަހުގެ 13:00  ގެ ކުރިން ލިޔުމުން ސްކޫލް އޮފީހަށް ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected] އަށެވެ.
  3. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2023 ޖޫން 12  ވަނަ ދުވަހުގެ 11:00 ގައި ތުޅާދޫސްކޫލް މީޓިންގ ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށައަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުޅާދޫ ސްކޫލް

ބ. ތުޅާދޫ، ދިވެހިރާއްޖެ.

ފޯން:  6600136/7967371

އީ-މެއިލް: [email protected]

12 ޛުލްޤަޢިދާ 1444

01 ޖޫން 2023
ހޯދާ