މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ، ކުޅުދޫއަވަށު ބާއިންޖީނުގޭ ސަރަހައްދުން ކެފޭ ރެސްޓޯރެންޓް، ގެސްޓްހައުސް ނުވަތަ ކޮމާޝަލް ވިޔަފާރި ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

ނ. ކެނދިކުޅުދޫ، ކުޅޫދޫ އަވަށު ބާއިންޖީނުގެ ހުރި ސަރަހައްދުން 6110.80 އަކަފޫޓުގެ ބިމެއް ކެފޭ ރެސްޓޯރެންޓް، ގެސްޓްހައުސް ނުވަތަ ކޮމާޝަލް ވިޔަފާރި ހިންގުމަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. އެހެންކަމުން މިދެންނެވި ސަރަޙައްދުގައި ހޮޓާ ރެސްޓޯރެންޓް، ގެސްޓްހައުސް ނުވަތަ ކޮމާޝަލް ވިޔަފާރިއެއް ޤާއިމްކޮށް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިއިޢުލާނަށް ބީލަން ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

 

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/CYyYveJgmE
  • ކެފޭ /ރެސްޓޯރަންޓްބިން ނަންބަރު D3-01-C01  ޚާއްސަ ކުރެވިފައިވަނީ ރެސްޓޯރެންޓް،ހޮޓާ އަދި ގެސްޓްހައުސް ނުވަތަ ކޮމާޝަލް ވިޔަފާރިއަށެވެ.

 

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން  08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި،  ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބީލަން ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
  • ބައްދަލުވުމުގައި ކުއްޔަށް ދޫކުރާ ބިމާއި ގުޅޭ ކުރެހުންތަކާއި ސްޕެސިފިކޭޝަންގެ އިތުރުން ބީލަމުގެ މުހިންމު މަޢުލޫމާތާއި ތަފްޞީލު ހިއްސާކުރެވޭނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބީލަން ހުޅުވުން އޮންނާނީ 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހެޅިފަރާތުގެ މަޢުލޫމާތާއި ޕްރޮޖެކްޓް ނަމާއި އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
  • އީމެއިލް މެދުވެރިކޮށްވެސް ބީލަން ހުށަހެޅޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަންވާނެއެވެ. މެއިލް ކުރާނީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ނުވަތަ ރެޖިސްޓްރޭޝަން ފުރިހަމަނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން އަދި އީމެއިލްވެސް ބަލައެއް ނުގަނެވޭނެއެވެ.
  • ކެނދިކުޅުދޫ ބަނދަރު ސަރަހައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެއްމެ ދަށް އަގަކީ އަކަފޫޓަކަށް 60 (ފަސްދޮޅަސް) ލާރިއެވެ.

މާކްސް ދިނުން

  • ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %50 (ފަންސާސް ޕަސަންޓް)
  • ހުށަހަޅާ ޕްރޮޕޯޒަލްއަށް   %50 (ފަންސާސް ޕަސަންޓް)

ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (50 އިންސައްތަ ބެހިފައިވާ ގޮތް)

-          މާލީ ޤާބިލުކަން                     

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު          

-          ކުލި                                 

-          ސީ. އެސް. އާރު.                     

-          ވަޒީފާ އުފައްދާ މިންވަރު                 

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑުތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

12  ޛުލްޤަޢިދާ   1444

01    ޖޫން    2023

01 ޖޫން 2023
ހޯދާ