ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަސްބިން ހަޓުތައް ޤާއިމު ކުރުމާއި ގުޅޭ

 

(IUL)258/258/2023/90ނަންބަރު:

                                         

އިޢުލާން

 

ޑަސްބިން ހަޓްތައް ގާއިމްކުރުމާއި ގުޅޭ:

 

                    މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކުނިވާޒާތުގެ ޑަސްބިންތައް ބެހެއްޓުމަށްޓަކައި ރަށުގެ 4 ސަރަޙައްދެއްގައި ޑަސްބިން ހަޓްތަކެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

                     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި އިދާރާއަށް ވަޑައިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 26 ޖޫން 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި އިދާރާގެ ކޮންފަރެންސް ރޫގައިއެވެ.

                     އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

                     ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޛުލްޤައިދަ 1444

01  ޖޫން   2023

01 ޖޫން 2023
ހޯދާ