ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުރިނބީ ބަނދަރު ސަރަހައްދުން ހޮޓާ/ކެފޭ/ރެސްޓޯރެންޓަށް ކުލީ ބިން ދޫކުރުން

ހދ.ކުރިނބީ ބަނދަރު ސަރަހައްދުން ހޮޓާ/ކެފޭ/ރެސްޓޯރެންޓަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިމުގެ މަޢުލޫމާތު:

  • ބަނދަރުގެ އިރުމަތީކޮޅުން 1050 އަކަފޫޓުގެ 1 ބިން

ވީމާ، މި ބިން ބީލަން އުސޫލުން ކުއްޔަށް ހިފުމުށް ޝައުގުވެރިވާ ފަރާތްތައް ބީލަމަށް ރަޖިސްޓްރީ ކުރުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަމަށް ރަޖިސްޓްރީ ކުރާނީ 6 ޖޫން 2023 ގެ ނިޔަލަށް އޮންލައިން ފޯމު https://forms.gle/x1LZ4Zxe1PSztR4U9 މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00

 

މި ބީލަމުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވިދާނެއެވެ. އެހެން ނަމަވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނޫންނަމަ އެފަރާތާއިއެކު އެއްބަސްވުމުގައި ސޮއި ކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރުމުންނެވެ.

މި މަސައްކަތުގެ ބީލަންފޮތް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 
01 ޖޫން 2023
ހޯދާ