ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް.އާރު ސިސްޓަމެއް ގަނެ، އިންސްޓޯލްކޮށް، މެއިންޓަނަންސް ކޮށް ބެލެހެއްޓުން

އެޗް.އާރު ސިސްޓަމެއް ގަނެ، އިންސްޓޯލްކޮށް، މެއިންޓަނަންސް ކޮށް ބެލެހެއްޓުން

ގދ. ފިޔޯރީ ކައުންސިލް އިދާރާގެ ބޭނުމަށް އެޗް.އާރް ސިސްޓަމް އެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.

ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 ޖޫން  2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މި އިދާރާގެ އީ-މެއިލް [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމުން ބިޑާއި ގުޅޭ މަޢުލޫމާތު ކަރުދާސް 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އީ-މެއިލް އިން ހިއްސާކުރެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބާއެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. އަދި ބިޑްގައި ރަޖިސްޓަރނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު

  • ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
  • ފޯން:  4002625
  • އީމެއިލް: [email protected]

 

12  ޛުލްގައިދާ  1444

01   ޖޫން   2023

01 ޖޫން 2023
ހޯދާ