ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން

ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާފައިވާ  ރުއްގަހުން ގޮތްޕާއި ފަން މަގަށް ނުކުމެފައި  ހުރުމާއި، އެކި ފަރާތްތަކުން މަގުމަތީގައި ބަހައްޓާފައިވާ  ތަކެތީގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތައް  އަންނަނީ ކުރިމަތިވަމުންނެވެ. ޚާއްސަކޮށް މިރަށު ޞިއްޙީ މަރުކަޒުގައި މިހާރު ބަލިމީހުން  އުފުލުމަށް ބޭނުންކުރާ އެންބިއުލާންސް ދުއްވުމުގައި މިގޮތަށް މަގުތަކާއި ގޯޅިތަކަށް ރުއްގަހުން ގޮތްޕާއި ފަން މަގަށް ނުކުމެފައި ހުރުމުން އުނދަގޫތައް އަންނަނީ ވަރަށް ބޮޑަށް ކުރިމަތިވަމުންނެވެ. މި ފަދަ ކަންކަމަކީ މި ކައުންސިލުން އާއްމުކޮށްފައިވާ އާންމުތަންތަނާއި މަގުތައް ބެލެހެއްޓުމުގެ އުޞޫލާއި ހިލާފު ކަންކަމެވެ.

ވީމާ، މަގުގައި ދުއްވާ ތަކެއްޗާއި ހިނގާބިނގާވެ އުޅޭމީހުންނަށް އުނދަގޫނުވާގޮތަށް، މަގުމަތީގައި ބަހައްޓާފައި  ހުންނަ ތަކެއްޗާއި ރުއްގަހުގެ ފަންތަކާއި ގޮފިތައް އަދި އެހެނިހެން ތަކެތި 15 ޖޫން 2023 ގެ ކުރިން ނެގުމަށް ދަންނަވަމެވެ. އަދި މަގަށްވާގޮތަށް ހުރި ގަސްތަކުން މަގަށް ނުކުމެފައިވާބައި 15 ފޫޓުގެ އުސްމިނަށް އެ ތާރީޚުގެ ކުރިން ކޮށުމަށް ދަންނަވަމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ޛުލްޤައިދާ 1444

01 ޖޫން 2023

01 ޖޫން 2023
ހޯދާ