މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

                                                          (IUL)321-A/321/2023/144 :ނަންބަރު   

އިޢުލާން

ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު (IUL)321-A/321/2023/138  (30 މެއި 2023) އިޢުލާނާއި ގުޅިގެން ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތްކޮށްދިނުމަށް 03 ފަރާތުން އަގު ހުށަހަޅުއްވާފައި ނުވާތީ، އަލުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތް ކޮށްދިނުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 ޖޫން 05 ވާ ހޯމަ ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތް ކޮށްދިނުމަށްއެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 ޖޫން 05 ވާ ހޯމަ ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

12 ޛުލްޤަޢިދާ 1444

01 ޖޫން 2023
ހޯދާ