ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިއުލާންގެ މުއްދަތު އިތުރު ކުރުމަށް

އިޢުލާން

ނަންބަރު: WAMCO-HR/IUL/2023/064

މި ކޯޕަރޭޝަންގެ ނަންބަރު WAMCO-HR/IUL/2023/053، WAMCO-HR/IUL/2023/054، WAMCO-HR/IUL/2023/055، WAMCO-HR/IUL/2023/056، WAMCO-HR/IUL/2023/057 ، WAMCO-HR/IUL/2023/058، WAMCO-HR/IUL/2023/059 އަދި WAMCO-HR/IUL/2023/060 (23 މެއި 2023) އިއުލާންގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޤާމު

ސީނިއަރ އޮޕަރޭޝަންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/17,000 އާއި -/ 20,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

1

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3. ޖީ.ސީ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދައިން ފާސް ވެފައިވުން،
  4. މައިކްރޯ ސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  5. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން.
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްލާންޓް ރައްކާތެރިކަމާއެކު، އަދި ފައިދާހުރި ގޮތެއްގައި ހިންގުމަށްޓަކައި އެނާޖީ ޕްލާންޓުގައި ދުވަހުން ދުވަހަށް ހިނގާ ކަންތައްތައް ބެލެހެއްޓުން
  2. ޕްލާންޓް އޮޕަރޭޝަންތަކަށް ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސްއޯޕީ) ތައްޔާރުކޮށް ބެލެހެއްޓުން
  3. ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތައް އެސްއޯޕީތަކާ އެއްގޮތަށް ހިންގާކަން ކަށަވަރުކުރުން
  4. ރައްކާތެރިކަމާއި، ތިމާވެށީގެ، އަދި ރެގިއުލޭޓަރީ ޝަރުތުތަކަށް ތަބާވާކަން ކަށަވަރުކުރުމަށްޓަކައި ޕްލާންޓް އޮޕަރޭޓަރުންނާއި ޓެކްނީޝަނުން މަސައްކަތް ރާވާ ސުޕަވައިޒްކުރުން
  5. ޕްލާންޓްގެ ޕާފޯމަންސް އޮޕްޓިމައިޒްކޮށް ޑައުންޓައިމް އެންމެ ކުޑަކުރުމަށް ހުރިހާ ޑިޕާޓްމަންޓްތަކާ ކޯޑިނޭޓްކުރުން
  6. އޮމާންކަމާއެކު ހިންގުމަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި ޕްލާންޓް އިންވެންޓްރީއާއި ސަޕްލައި ބެލެހެއްޓުން
  7. ޕްލާންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޢިލްމު އިތުރުކުރުމަށްޓަކައި ތަމްރީނާއި ކޯޗިންގ ދިނުން
  8. ޕްލާންޓްގެ އޮޕަރޭޝަންތަކަށް އަސަރުކުރާ ކަންތައްތަކާއި ކުއްލި ހާލަތްތަކުގައި ހިނގާ ކަންކަމަށް އަޅަންޖެހޭ ފިޔަވަޅުއެޅުން
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

މަޤާމު

އޮޕަރޭޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

04

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްލާންޓް ރައްކާތެރި، އަދި ފައިދާހުރި ގޮތެއްގައި ހިންގުމަށްޓަކައި އެނާޖީ ޕްލާންޓުގައި ހުންނަ ހިއުމަން-މެޝިން އިންޓަރފޭސް (އެޗްއެމްއައި) ސިސްޓަމްތައް ކޮންޓްރޯލްކޮށް މެނޭޖްކުރުން.
  2. ޕްލާންޓްގެ ޕާފޯމަންސް އެންމެ ރަނގަޅުތޯ ބެލުމަށްޓަކައި އެޗް.އެމް.އައި ސިސްޓަމްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުން.
  3. ކަމާބެހޭ މުވައްޒަފުންނާ މުޢާމަލާތުކޮށް ކްރޭން އަދި ފީލްޑް އޮޕަރޭޓަރުންނަށް ޕްލާންޓްގެ ޕާފޯމަންސް ހިފެހެއްޓުމަށް އިރުޝާދު ދިނުން.
  4. މަސައްކަތުގެ މާހައުލުގައި ފާހަގަކުރެވޭ ރައްކާތެރިކަމުގެ މައްސަލަތައް ދެނެގަނެ އެކަންތައް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
  5. އެޗް.އެމް.އައި އާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދައި ތަންފީޒުކުރުމަށް އެހެން ޓެކްނީޝަނުންނާ ގުޅިގެން މަސައްކަތްކުރުން.
  6. އެޗް.އެމް.އައި ސިސްޓަމް ހިންގުމާއި ބެލެހެއްޓުމާ ގުޅޭ ޞައްޙަ ރެކޯޑްތަކާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  7. ޕްލާންޓްގެ ސޭފްޓީ އަދި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބޭނުންވާ ގޮތަށް ބައިވެރިވުން.
  8. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެން މަސައްކަތްތަކުގައި ބައިވެރިވުން.
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

 

 

 

 

މަޤާމު

އިލެކްޓްރިޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކަރަންޓުގެ މައްސަލަތައް ދެނެގަނެ މަރާމާތުކުރަންޖެހޭ އާލަތްތަކާއި ސާމާނުހޯދާ އެ މައްސަލަތައް ޙައްލުކުރުން
  2. ބޭނުންވާ ގޮތަށް އާ އިލެކްޓްރިކް އާލަތްތައް ބަދަލުކޮށް ހަރުކުރުން.
  3. އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ފައިދާހުރި ގޮތެއްގައި ހައްލުކޮށް މަރާމާތުކުރުމަށްޓަކައި އިލެކްޓްރިކަލް ސްކީމެޓިކްސް ކުރެހުންތަކާއި ޑައިގްރާމްތައް މާނަކުރުން.
  4. ޕަރޗޭސިންގ ޑިޕާޓްމަންޓާ ގުޅިގެން ބޭނުންވާ ސްޕެރަތަކާއި ސާމާނު ދެނެގަނެ އޯޑަރުކުރުން.
  5. ކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، ބޭނުންވާ ގޮތަށް ރިޕޯޓްތައް ތައްޔާރުކުރުން.
  6. ވަޒީފާގެ ވާޖިބުތައް އަދާކުރާއިރު ރައްކާތެރިކަމުގެ ހުރިހާ އުސޫލުތަކަށް ތަބާވުމާއި އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކުރުން
  7. މަސައްކަތްކުރާ ސަރަހައްދު އިންތިޒާމްކޮށް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އާލާތްތަކާއި ސާމާނު ރަނގަޅަށް ބެލެހެއްޓުމާއި ރައްކާކުރެވިފައިވާކަން ކަށަވަރުކުރުން
  8. ޕްލާންޓްގެ ސޭފްޓީ އަދި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބޭނުންވާ ގޮތަށް ބައިވެރިވުން
  9. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވުން.
  10. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  11. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

 

މަޤާމު

އިންސިނެރޭޓަރ އޮޕަރޭޓަރ (ފީލްޑް އޮޕަރޭޓަރ)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

08

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ޖީ.ސ.އީ އޯ ލެވެލް އިން މަދުވެގެން 03 މާއްދާއިން ފާސްވެފައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްލާންޓްގެ ކޮމްބަސްޝަން ޗެމްބަރުގައި އުފެދޭ އަޅި އުފެދެމުންދާ މިންވަރު ބަލާ މޮނިޓަރ ކުރުން
  2. ޕްލާންޓްގެ ކޮމްބަސްޝަން ޗެމްބަރުގައި އުފެދޭ އަޅި އުފެދެމުންދާ މިނަވަރުން ނަގާ ކަނޑައެޅިފައިވާ ސަރަހައްދަށް ގެންދިއުން
  3. މަސައްކަތުގެ މާހައުލުގައި ފާހަގަކުރެވޭ ރައްކާތެރިކަމުގެ މައްސަލަތައް ދެނެގަނެ އެކަންތައް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
  4. ލޮރީއަށް ބަރުކުރާސަރަހައްދު ބެލެހެއްޓުމާއި މަސައްކަތަށް ފަސޭހަވާނޭހެން އިންތިޒާމް ހަމަޖެއްސުން
  5. އަޅިބޭރުކުރެވޭ މިންވަރުގެ ތަފާސްހިސާބު ބެލެހެއްޓުން
  6. އޮޕަރޭޝަނާއި މެއިންޓެނަނަސް ގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވުން
  7. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެން މަސައްކަތްތަކުގައި ބައިވެރިވުން.
  8. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  9. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

މަޤާމު

ސީނިއަރ މައިންޓެނެންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/17,000 އާއި -/ 20,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ބޭނުންވާ އަދަދު

1

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3. ޖީ.ސީ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދައިން ފާސް ވެފައިވުން،
  4. މައިކްރޯ ސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  5. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން.
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސަލާމަތާއި ތިމާވެށީގެ އަދި ރެގިއުލޭޓަރީ ޝަރުތުތަކަށް ތަބާވާކަން ކަށަވަރުކުރުމުގެ އިތުރުން މެކޭނިކުންނާއި އިލެކްޓްރިޝަނުންނާއި އިންސްޓްރޫމެންޓް ޓެކްނީޝަނުން ހިމެނޭ ގޮތަށް މެއިންޓެނަންސް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ކޯޑިނޭޓްކުރުން
  2. މެއިންޓެނަންސް އޮޕަރޭޝަންތަކަށް ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސްއޯޕީ) ތައްޔާރުކޮށް ބެލެހެއްޓުން.
  3. ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތައް އެސްއޯޕީތަކާ އެއްގޮތަށް ހިންގާކަން ކަށަވަރުކުރުން.
  4. ޕްލާންޓްގެ ޕާފޯމަންސް އޮޕްޓިމައިޒްކޮށް ޑައުންޓައިމް އެންމެ ކުޑަކުރުމަށް ހުރިހާ ޑިޕާޓްމަންޓްތަކާ ކޯޑިނޭޓްކުރުން.
  5. ބޭނުންވާ ކަންކަމާ އެއްގޮތަށް މަސައްކަތް ނިންމުމަށް އިސްކަންދޭ ކަންތައްތައް ޤާއިމުކުރުން.
  6. އޮމާންކަމާއެކު ހިންގުމަށް ބޭނުންވާ ސްޓޮކް ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި މެއިންޓެނަންސް އިންވެންޓްރީއާއި ސަޕްލައި ބެލެހެއްޓުން.
  7. ޕްލާންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޢިލްމު އިތުރުކުރުމަށްޓަކައި ތަމްރީނާއި ކޯޗިންގ ދިނުން.
  8. ޕްލާންޓްގެ އޮޕަރޭޝަންތަކަށް އަސަރުކުރާ ކަންތައްތަކާއި ކުއްލި ހާލަތްތަކުގައި ހިނގާ ކަންކަމަށް އަޅަންޖެހޭ ފިޔަވަޅުއެޅުން.
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

މަޤާމު

މެކޭނިކް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

02

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މައްސަލަތައް ދެނެގަނެ މަރާމާތުކުރަންޖެހޭ އާލަތްތަކާއި ސާމާނުހޯދާ އެ މައްސަލަތައް ޙައްލުކުރުން
  2. އިކުއިޕްމަންޓްތަކާއި މެޝިނަރީތައް ރަނގަޅަށް އަދި އިތުބާރުހުރި ގޮތެއްގައި މަސައްކަތްކުރާކަން ކަށަވަރުކުރުމަށްޓަކައި، ލުބްރިކޭޝަން، އިންސްޕެކްޝަން، އަދި މަރާމާތުކުރުން ހިމެނޭ ގޮތަށް ރޫޓިން މެއިންޓެނަންސް ހަރަކާތްތަކުގެ ޝެޑިއުލް އެކުލަވާލައި ބެލެހެއްޓުން.
  3. މެއިންޓެނަންސް އަދި މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓް ދެނެގަނެ އޯޑަރުކުރުމަށް ޕަރޗޭސިންގ ޑިޕާޓްމަންޓާ ގުޅިގެން އޯޑަރުކުރުން.
  4. ކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، ބޭނުންވާ ގޮތަށް ރިޕޯޓްތައް އުފެއްދުން.
  5. ވަޒީފާގެ ވާޖިބުތައް އަދާކުރާއިރު ރައްކާތެރިކަމުގެ ހުރިހާ އުސޫލުތަކަށް ތަބާވުމާއި އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކުރުން.
  6. މަސައްކަތްކުރާ ސަރަހައްދު އިންތިޒާމްކޮށް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އާލާތްތަކާއި ސާމާނު ރަނގަޅަށް ބެލެހެއްޓުމާއި ރައްކާކުރެވިފައިވާކަން ކަށަވަރުކުރުން.
  7. ޕްލާންޓް ސޭފްޓީ އަދި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބޭނުންވާ ގޮތަށް ބައިވެރިވުން
  8. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވުން
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

މަޤާމު

މެޝިން އޮޕަރޭޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

04

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުން.
  3. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  6. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހަކު ކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްލާންޓްގެ މުވައްޒަފުންނާއި އިކުއިޕްމަންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު، ފީލްޑް ހޮޕަރަށް ކުނި ލޯޑްކުރުމަށް އޯވަހެޑް ކްރޭނެއް އޮޕަރޭޓްކުރުން.
  2. ކުނި އަންދާލުމުގައި ކުނީގެ ކެލޮރިފިކް ވެލިއު އެއްމިނގަނޑެއްގައި ބެހެއްޓުން
  3. ބޭނުންވާ ސާމާނު ބޭނުންކޮށްގެން ބޮޑެތި ކުނި ކުދިކުދިކުރުން.
  4. މަސައްކަތުގެ މާހައުލުގައި ފާހަގަކުރެވޭ ރައްކާތެރިކަމުގެ މައްސަލަތައް ދެނެގަނެ އެކަންތައް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
  5. ލޯޑިންގ ސިސްޓަމްގެ ޝިފްޓް ފެށުމުގެ ކުރީން އެސްއޯޕީއާ އެއްގޮތަށް އިންސްޕެކްޝަންތައް ހެދުމާއި، ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ރިޕޯޓްތައް ފުރިހަމަކުރުން.
  6. ޕްލާންޓްގެ ސޭފްޓީ އަދި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބޭނުންވާ ގޮތަށް ބައިވެރިވުން.
  7. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެން މަސައްކަތްތަކުގައި ބައިވެރިވުން.
  8. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  9. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

މަޤާމު

ޓެކްނީޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްލާންޓުގައި ބޭނުންކުރާ އެކިއެކި އިންސްޓްރޫމެންޓްތަކާއި، ކޮންޓްރޯލްތަކާއި، ސިސްޓަމްތައް އިންސްޓޯލްކޮށް، ކެލިބްރޭޓްކޮށް، ޓްރަބަލްޝޫޓްކޮށް، މަރާމާތުކުރުން، އޭގެ ތެރޭގައި ފްލޯ މީޓަރ، ޕްރެޝަރ ގޭޖް، ޓެމްޕަރޭޗަރ ސެންސަރ، ކޮންޓްރޯލް ވޭލްވް އަދި ޑީސީއެސް ހިމެނެއެވެ.
  2. އިންސްޓްރޫމެންޓްތަކާއި ކޮންޓްރޯލް ސިސްޓަމްތަކުގައި "ޕްރިވެންޓޭޓިވް މެއިންޓެނަންސް" ކޮށްގެން ރަނގަޅަށް އޮޕަރޭޓްކުރުމާއި އިތުބާރު ކުރެވޭ ގޮތް ހެދުން.
  3. މެއިންޓެނަންސް އަދި މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓް ދެނެގަނެ އޯޑަރުކުރުމަށް ޕަރޗޭސިންގ ޑިޕާޓްމަންޓާ ގުޅިގެން އޯޑަރުކުރުން.
  4. ކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުން، އަދި ބޭނުންވާ ގޮތަށް ރިޕޯޓްތައް އުފެއްދުން.
  5. ވަޒީފާގެ ވާޖިބުތައް އަދާކުރާއިރު ރައްކާތެރިކަމުގެ ހުރިހާ އުސޫލުތަކަށް ތަބާވުމާއި، އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކުރުން.
  6. މަސައްކަތްކުރާ ސަރަހައްދު އިންތިޒާމްކޮށް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އާލާތްތަކާއި ސާމާނު ރަނގަޅަށް ބެލެހެއްޓުމާއި ރައްކާކުރެވިފައިވާކަން ކަށަވަރުކުރުން.
  7. ޕްލާންޓް ސޭފްޓީ އަދި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބޭނުންވާ ގޮތަށް ބައިވެރިވުން
  8. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެން މަސައްކަތްތަކުގައި ބައިވެރިވުން.
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު އަދި ޑްރައިވިންގ ޓެސްޓް

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2023 ޖޫން 11 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ ވެމްކޯ ސައުތު ރީޖަނަލް އޮފީސް (ނިދާލް، ސ.ހިތަދޫ) އަށް ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުމަށްފަހު [email protected] އަށް ކޮޕީކުރުން

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2023 ޖޫން މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޛުލްޤަޢިދާ 1444

01 ޖޫން 2023

 

01 ޖޫން 2023
ހޯދާ