ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓަށް ބޭނުންވާ 01 ކޮމްޕިއުޓަރ ސިސްޓަމާއި 01 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  ނަންބަރު:2023/11 /(IUL)P2C

އިޢުލާން

 

މިކޯޓަށް ބޭނުންވާ 01 ކޮމްޕިއުޓަރ ސިސްޓަމާއި 01 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

މިކޯޓުގެ ނަންބަރު 2023/10 /(IUL)P2C (18 މެއި 2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރަށް އެސްޓިމޭޓް ހުށަހެޅިފައި ނުވާތީ އެއިޢުލާން ވަނީ ބާތިލް ކުރެވިފައެވެ. މައުލޫމާތު ޝީޓަށް ބަދަލު ގެނެވި މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

 

މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 07 ޖޫން 2023 ވަނަ ދުވަހު 13:00ގެ ކުރިން 9999083 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected]  އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އެދުވަހުގެ (07 ޖޫން 2023)  13:45 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖޫން 2023
ހޯދާ