ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2023/56(IUL)
އިޢުލާން
އަންދާސީ ހިސާބް ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، ދިގު ޖެޓީގެ ދެކުނުކޮޅުގައިވާ ގަސްތައް ހިމެނޭ ސަރަހައްދާއި، ޕަބްލިކް ބީޗް ސަރަހައްދާއި ޓޫރިސްޓް ބީޗްގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދުގައި ބެހެއްޓުމަށް ބެންޗާއި ޖޯލި ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 2023 ޖޫން 06 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2023 ޖޫން 12 ވަނަ ދުވަހުގެ 11:00 ށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަގު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.