ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ގަވާއިދު ފޮތް އިނގިރޭސިބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސައްކަތުގެ ތަފުސީލު

"ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014" ( ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައިވާ) 283 ޞަފްޙާގެ ގަވާއިދު ފޮތް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުންނަ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުންނަ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅި މާކްސް ދިނުމުގައި ތިރީގައިވާ ބައިތަކަށް ބެލޭނެއެވެ.

  • އަންދާސީހިސާބު ހުށަހެޅޭއިރު އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ އެފަރާތުގެ ވަނަވަރާއި ކުރިން ކުރެވިފައިވާ ތަރުޖަމާކުރުމުގެ އެންމެހާ މަސައްކަތްތައް އެނގޭނެފަދަ ލިޔުންތައް ހުށަހަޅަންވާނެއެވެ.
  • ކުންފުނި، ލޯފާމް އަދި މިފަދަ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތުގެ ޕްރޮފައިލާއި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓާއި އަދި ކުރިން ކޮށްފައިވާ ތަރުޖަމާ ކުރުމުގެ މަސައްކަތްތައް އެނގޭނެފަދަ ލިޔުންތައް ހުށަހަޅަންވާނެއެވެ.
  • ޤާނޫނު ނުވަތަ ގަވާއިދު ތަރުޖަމާ ކުރުމުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ:

އަގު= 70 ޕޮއިންޓް {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) × 70}

o މުއްދަތު= 25 ޕޮއިންޓް {(އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) ×25}

ޕްރޮފައިލް= 5 ޕޮއިންޓް (ކުރިންކޮށް ނިމިފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް. އެންމެ ގިނަވެގެން ދެވޭނީ 5 ޕޮއިންޓް.)

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 3307345 / 3303647
  • ފެކްސް: 3303648
  • އީމެއިލް: [email protected]
  • ވެބް ސައިޓް: www.csc.gov.mv

04 ރަބީލްޢާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ