ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ކިޅި އަދި ދަޑިމަގި ކިޅީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޮންސެޕްޓް ނޯޓް ތައްޔާރުކޮށްދިނުމާއި ގުޅޭ:

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ބަންޑާރަ ކިޅި އަދި ދަޑިމަގި ކިޅީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޮންސެޕްޓް ނޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
  4. މިކަމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ  11 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 20:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  6. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމް އަދި  ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގައެވެ.

    އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ފުވައްމުލަކު ސިޓީ ކައުންސިލް،

     ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

      ފޯން:  6862830، 6862829

      އީމެއިލް: [email protected] 

            11 ޛުލްޤައިދާ 1444

            31 މެއި  2023

31 މޭ 2023
ހޯދާ