މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ހުޅުމާލެ އެމް.އެން.ޑީ.އެފް މަރުކަޒުގައި ހުރި 40 ފޫޓުގެ 02 ކޮންޓެއިނަރ އާއި ކޮންޓެއިނަރ ތެރޭގައި ހުރި ތަކެތި، ހުޅުލޭގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސައިޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

ހުޅުމާލެ އެމް.އެން.ޑީ.އެފް މަރުކަޒުގައި ހުރި 40 ފޫޓުގެ 02 ކޮންޓެއިނަރ އާއި ކޮންޓެއިނަރ ތެރޭގައި ހުރި ތަކެތި، ހުޅުލޭގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސައިޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރަންޖެހޭނީ ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައެވެ.

މިމަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް، މިދަންނަވާ މަޢުލޫމާތު ފޮނުއްވައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވޭނެ އެންމެ ފަހު ތާރީޚަކީ 08 ޖޫން 2023 ވަނަ ދުވަހުގެ 23:59 އެވެ. ކުރަންޖެހޭ މަސައްކަތްތައް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ދައްކާލެވޭނެއެވެ. އަދި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތާއި ތާރީޚް ލިޔުމުން ދެވޭނޭއެވެ. އަންދާސީހިސާބު ހުށަހެޅޭނީ ސައިޓް ވިޒިޓަށް ހާޞިރުވާ ފަރާތްތަކަށެވެ.

އަންދާސީހިސާބު ހުށަހެޅުމަށް، ރަޖިސްޓްރީކުރުމަށް ބޭނުންވާ މަޢުލޫމާތު:

  • ބިލާމުގައި ބައިވެރިވާ ފަރާތުގެ، ވިޔަފާރީގެ ނަން.
  • ބިލާމުގައި ބައިވެރިވާ ފަރާތާއި ގުޅޭނެ ފޯނު ނަންބަރު.
  • ބިލާމުގައި ބައިވެރިވާ ފަރާތާއި މުޢާމަލާތްކުރެވޭނެ އީމެއިލް އެޑްރެސް.
  • ކުރަންހުރި މަސައްކަތްތައް ބެލުމަށް، ބީލަމުގައި ބައިވެރިވާ ފަރާތުން ހާޟިރުވާނެ ފަރާތުގެ އައިޑީ ކާޑް/ވޯކްޕާމިޓް ކޮޕީ.

މިނިސްޓްރީގެ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު:

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)

 

‏11‏ ޛުލްޤަޢިދާ‏ 1444

‏31‏ މެއި‏ 2023

31 މޭ 2023
ހޯދާ