މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
Premium v3 Service Plan P1v3ގެ ލައިސަންސް އަދި ސާރވިސް ސަޕޯޓް ދިނުމަށް

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2023/186 (24 މޭ 2023) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

މި މިނިސްޓްރީގެ ބޭނުމަށް Premium v3 Service Plan P1v3ގެ ލައިސަންސް 3 އަހަރުގެ މުއްދަތަށް ސަޕްލައިކޮށް ސާރވިސް ސަޕޯޓް ދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާންގައި ބައެއް މަޢުލޫމާތު ހިމެނިފައި ނުވާތީ، އަންދާސީ ހިސާބު ހުށަހެޅުން ތިރީގައި ދެންނެވިފައިވާ ތާރީހަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:     4 ޖޫން 2023، 11:00އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް މެއިލްކުރުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ޛުލްގައިދާ 1444

31 މޭ 2023
ހޯދާ