މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނަރުދޫ ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2023" ސްޕޮންސަރޝިޕް ހުޅުވައިލުން

އިޢުލާން

"ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2023" ގެ ސްޕޮންސަރޝިޕް ހުޅުވައިލުން

          ށ. ނަރުދޫ ޒުވާނުންނަށް އަމާޒުކޮށްގެން "ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2023" ގެ ނަމުގައި 10 ޖުލައި 2023 ގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ތިރީގައިވާ ކެޓެގެރީތަކަށް ސްޕޮންސަރ ކުރުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ސްޕޮންސަރ ދިނުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު [email protected] މެއިލް އަށް  ހުށަހެޅުއްވުން އެދެމެވެ. އަދި ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނޭ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް (7508807 , 7863767) ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ސްޕޮންސަރޝިޕް ކެޓެގަރީތަށް:

ޕްލެޓިނަމް ޕްލަސް

  • އެންމެމަތީ އަދަދަކުން ސްޕޮންސަރ ހުށައަޅާ ފަރާތް (މެއިން ސްޕޮންސަރ)
  • ބެކްޑްރޮޕް އަދި އިތުރު ކެންވާސްތަކުގައި އަދި މުބާރާތު ކޮމެޓީ ޓީޝާޓުތަކުގައި ނަން/ލޯގޯ ހިމެނުން.
  • ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
  • މުބާރާތް ކުރިއަށްދާ ވަގުތު ނަން ފާހަގަކުރުން.
  • ހަނދާނީ ފިލާ.

ޕްލެޓިނަމް

  • 30،000ރ އިން މަތިން ހުށައަޅާ ފަރާތްތަށް (ކޯ ސްޕޮންސަރ)
  • ބެކްޑްރޮޕް އަދި އިތުރު ކެންވާސްތަކުގައި ނަން/ލޯގޯ ހިމެނުން.
  • ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
  • މުބާރާތް ކުރިއަށްދާ ވަގުތު ނަން ފާހަގަކުރުން.
  • ހަނދާނީ ފިލާ.

 

 

 

 

 

ގޯލްޑް

  • 1500ރ އާއި 2999ރ އާއި ދެމެދު އަދަދަކުން ހުށައަޅާ ފަރާތްތަށް.
  • ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
  • މުބާރާތް ކުރިއަށްދާ ވަގުތު ނަން ފާހަގަކުރުން.
    • ހަނދާނީ ލިޔުން.

 

 

 ސިލްވާރ

  • 1000ރ އާއި 1499ރ އާއި ދެމެދުގެ އަދަދަކުން ހުށަހަޅާ ފަރާތްތަށް.
  • ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
  • ހަނދާނީ ލިޔުން.

ބްރޮންޒް

  • 500ރ އާއި 999ރ އާއި ދެމެދުގެ އަދަދަކުން ހުށަހަޅާ ފަރާތްތަށް
  • ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
31 މޭ 2023
ހޯދާ