ދިވެހިރާއްޖެ
މަޤާމް :ޓެކްނިކަލް އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރ ގްރޭޑް 3 (ސޮފްޓްވެއަރ ޑިވޮލަޕަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
ޕޭ ގްރޭޑް: PG05 މުސާރަ: - އަސާސީ މުސާރަ: -/7,000 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ): -/2,450 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ 60 އިންސައަތް): -/4,200 ރުފިޔާ - ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ 15 އިންސައްތަ): -/1,050 ރުފިޔާ - ފުޑް އެލަވަންސް: ދުވާލަކަށް -/160 ރުފިޔާ - ބޭސްފަރުވާކުރުން މަޤާމުގެ ޝަރުތު: - ޑާޓާ އެނަލިޓިކްސް، ކްލައުޑް ކޮމްޕިއުޓީން، ކޮމްޕިއުޓަރ ފޮރެންސިކް ، ސޮފްޓްވެއަރ އެންޖިނިއަރިން ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން، ނުވަތަ، - ޑާޓާ އެނަލިޓިކްސް، ކްލައުޑް ކޮމްޕިއުޓީން، ކޮމްޕިއުޓަރ ފޮރެންސިކް ، ސޮފްޓްވެއަރ އެންޖިނިއަރިން ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ހަވާލުކުރެވޭނެ މަސައްކަތްތައް ފުރިހަމައަށް އަދާކުރެވޭފަދަ ޤާބިލުކަން އިންޓަރވިއުގައި ނުވަތަ ދެވޭ ޓެސްޓަކުން ސާބިތުކޮށްދިނުން - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، - ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށްނުވުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މި މަޤާމަށް މީހުން ނެގުމުގައި ވިއު ޖޭ.އެސް އަދި ރިއެކްޓް ފަދަ ފުރޮންޓް އެންޑް ފުރޭމްވޯކް ގެ ތަޖުރިބާހުރި ފަރާތްތަކަށާއި، ގިޓް އަދި ޑޮކަރ ބޭނުންކޮށްގެން ޑިވެލޮޕްކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - ސޮފްޓްވެއަރ ޑިވެލޮޕްކުރުން، އެޕްލިކޭޝަން ސެކިއުރިޓީ، އެޕްލިކޭޝަން ޓެސްޓިންގ، ޑާޓާބޭސް، ލިނަކްސް ބޭސްޑް އޮޕަރޭޓިންގ ސިސްޓަމްސްގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް: - އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާސްކްރިޕްޓް ފުރޮންޓް އެންޑް އެޕްލިކޭޝަން ޑިވެލޮޕްކުރުން. - ޕީ.އެޗް.ޕީ ނުވަތަ ޕައިތަން، އަދި ރިލޭޝަނަލް ޑޭޓާބޭސް ބޭނުންކޮށްގެން ޕްރޮގުރާމް ލިޔުން. - އޮބްޖެކްޓް އޮރިއެންޓެޑް ޕްރޮގްރާމިން ކޮންސެޕްޓް ބޭނުންކުރުން. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖޫން 15 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 09 ދުލްޤައިދާ 1444 |