ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

`

ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ                                                   

          ހިތަދޫ 

        ދިވެހިރާއްޖެ                                      

 

(IUL)404-CA/404/2023/32 :ނަންބަރު

 

އިޢުލާން

މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

 

  

ހައްދުންމަތީ ހިތަދޫގެ މިސްކިތްތަކުގެ މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީ ވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގެ މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ފޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

 

މަޤާމް:

އިމާމް / މުދިމް

ބޭނުންވާ ޢަދަދު:

02

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަނޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް

ވާޒީފާ އަދާ ކުރަންޖެހޭ ތަން:

މަސްޖިދުލް އިއްޒު/ މަސްޖިދުލް ނޫރު (ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި)

މުސާރަ:

އިމާމް – މަސައްކަތް ކުރާ ގަޑިއަކަށް 61/- ރުފިޔާ

މުދިމް – މަސައްކަތް ކުރާ  ގަޑިއަކަށް 53/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ގަޑިގެ އަދަދު:

ދުވާލަކު 5 ގަޑިއިރު، ހަފްތާއަކު 7 ދުވަހު

މަޤާމުގެ ޝަރުތު:

އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަން އިނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކޮންމެ ނަމާދުވަގުތަކަށް މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގި ގޮވައި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލުގެ އިދާރާއަށް އަންގައި، އެކަން ރަނގަޅު ކުރެވޭތޯބެލުން.
  3. ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި ބަންގި ގޮވައި އިމާމުވެ ފަރުޟު ފަސްނަމާދު ކުރުން.
  4. ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  5. ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، މިސްކިތުގައި ކުރާ ކޭތަނަމާދާއި، ހުކުރުނަމާދާއި ތަރާވީޙު ނަމާދާއި ޢީދުނަމާދަށް މިސްކިތައް ހާޒިރުވެ އެކަންކަމަށް މިސްކިތް ތައްޔާރުކުރުން.
  6. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  7. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވޭޖް ޕޫލް ގައި ރަޖިސްޓްރީވުމަށް އެދު ހުށައަޅާ ސިޓީ.
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ލ.ހިތަދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800803  އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

10 ޛުލްޤަޢިދާ، 1444

30 މޭ 2023
ހޯދާ