ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް ގަހުގެ ވެރިފަރާތް ހޯދުމަށް

ރުއް ގަސްތަކުގެ ވެރިފަރާތް ހޯދުން

          މިރަށު މުހައްމަދު އަލީ ގޯއްޗާއި ނަސީރު ހަސަން ގޯއްޗާއި ދެމެދު ގައިވާ ފިނިހިޔާ އަހުމަދު ޒާހިރު  ގޯތީގައިވާ ރުއްގަހާއި ސަވޭރާ ގޯތީގެ ދެކުނުން އޮތް ބުލޫރޯޒު ޖިހާދާ އަނީސް ގޯތީގައިވާ ރުއްގަހުގެ ވެރިފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މި ދެންނެވި ބިމުގައިވާ ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ރުއް ގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީ އަކުން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.

30 މޭ 2023
ހޯދާ