މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު - މާލެއަތޮޅު ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2023 ހިންގައިދޭނެ ފަރާތެއް ހޯދުން

މިއަހަރު ޖުލައި މަހުގެ ފަހުކޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ، މުބާރާތް ހިންގުމަށް ކޮންޓްރެކްޓް އުޞޫލުން އެހެން ފަރާތަކާ ޙަވާލުކޮށްގެންކަމަށްވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން، "2023 ވަނަ އަހަރު ކާށިދޫ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް އުޞޫލުން އެހެން ފަރާތަކާ ޙަވާލުކުރުމުގެ އުސޫލު" އާއި އެއްގޮތްވާ ގޮތުގެމަތިން ކޯޓޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ކޯޓޭޝަންއާއެކު ތަފްޞީލީ ޕްރޮޕޯސަލެއް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުމަށް އެހެންފަރާތަކާ ޙަވާލުކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

      ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 11 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

30 މޭ 2023
ހޯދާ