ދިވެހިރާއްޖެ
މިކުންފުނީގެ (ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަން) ގެ ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 150 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަމުގައި ވިއްކާލުމަށް ނިންމާފައެވެ. އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
1- ނީލަން ކިއުން އޮންނާނީ 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.
2- މިތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން 31 މެއި 2023 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.
3- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 31 މެއި 2023 ވާ ބުދަ ދުވަހު ހެދުނު 10:30 އިން 12:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެން މިތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
4- މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.
5- މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/75,000ރ (ހަތްދިހަ ފަސްހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް 31 މެއި 2023 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި 16:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 16:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
6- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
7- ނީލަން ފެށޭނީ ޓަނަކަށް -/1000 (އެއްހާސް ރުފިޔާގެ) ރޭޓުންނެވެ.
8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
9- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.
10- ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުންގެންގޮސް ނިންމަންވާނެއެވެ.
11- 150 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ދަނގަޑު ދޫކުރެވޭނީ އިތުރުވާ ދަންގަނޑަށް ފައިސާ ދައްކާ ޙަލާސް ކުރުމުންނެއެވެ. އަދި 150 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.
12- މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.