ދިވެހިރާއްޖެ
ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި މިކުންފުނީގެ ދުވަހު ނީލަމުގައި ނީލަން ކިޔަން 18 މޭއި 2023 ގައި ކުރި ޢިއުލާން ނަންބަރު MTCC-TRD/IU/2023/0122 ގައިވާ ތަކެތި ގަތުމަށް ކަސްޓަމަރުންގެ ފަރާތުން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އަލުން މިތަކެތީގެ ނީލަން ކިޔުމަށް ވަނީ ނިންމާފައެވެ. ނީލަން ކިޔުން އޮންނާނީ 1 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޓްރޭޑިންގ ޑިވިޜަން (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ. މިތަކެތި ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ނީލަމަށް ތަކެތި ހުށަހެޅި ފަރާތް |
ތަކެތި ހުރި ތަން |
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ގުޅުއްވާނީ |
ތަކެތި ދެއްކުމަށް ހަމަޖެހިފައިވަނީ 31 މެއި 2023 ވަނަ ދުވަހު |
އެމް.ޓީ.ސީ.ސީ ހިއުމަން ރިސޯސް ޑިވިޜަން |
ޒޮނޭރިޔާ ބިލްޑިން 3 ވަނަ ފަންގިފިލާ |
1650 |
ހެނދުނު 9:00 އިން 12:00 އަށް |
އެމް.ޓީ.ސީ.ސީ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަން |
އެމް.ޓީ.ސީ.ސީ-ރެންޓަލްސް ޕްލާޒާ |
1650 |
ހެނދުނު 9:00 އިން 14:00 އަށް |
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 1 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް ޓްރޭޑިންގ ޑިވިޜަންއަށް ، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ހާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. އަދި އަލައް ނީލަމުގައި ބައިވެރިވާ ފަރާތް ތަކުން 31 މެއި 2023 ގެ 16:00 ގެ ކުރިން މި ކުންފުނީގެ އޮކްޝަން ޔުނިޓުގައި ރެޖިސްޓްރީވުމަށް ދަންނަވަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތް ހޯއްދެއްވުމަށް 1650 ނަންބަރަށް ގުޅުވުން އެދެމެވެ.