ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ކައުންސިލްގެ މަދަހަ މުބާރާތް 1444

ނަޑެއްލާ ކައުންސިލާއި ، ނަޑެއްލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ، ނަޑެއްލާ ސްކޫލް އަދި ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީއާއި ގުޅިގެން ނަޑެއްލާ ސްކޫލުގެ ދަރިވަރުންނަށާއި ރަށުގެ ޢާންމު ފަރާތްތަކަށް އަމާޒުކޮށްގެން މަދަޙަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޯގަސްޓް 2023 އާއި 30 އޯގަސްޓް 2023 އާއި ދެމެދުގެ ދުވަސްތަކުގައި ނަޑެއްލާ ސުކޫލުގައެވެ.

މި މުބާރާތުގައި ވާދަކުރާ ސްކޫލް ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް ހޮވޭ ދަރިވަރަކަށް 5,000.00 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް، 2 ވަނަ އަށް ހޮވޭ ދަރިވަރަކަށް 3,000.00 (ތިން ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް އަދި 3 ވަނަ އަށް ހޮވޭ ދަރިވަރަކަށް 2,000.00 (ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް 3,000.00 (ތިން ހާސް) ރުފިޔާ، 2 ވަނަ އަށް 2,000.00 (ދެ ހާސް) އަދި 3 ވަނަ އަށް 1,000.00 (އެއް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ޢާންމު ފަރާތްތަކުން ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ގެ ލިންކް މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސުކޫލު ދަރިވަރުންނަށް ސުކޫލުން ފޯމު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު 18 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ސުކޫލުގެ ދަރިވަރުން ސުކޫލަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމަވެ. އަދި ޢާންމު ފަރާތްތަކުގެ ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://tinyurl.com/5n8y3udp މި ލިންކްގައިވާ ގޫގަލް ފޯމް ފުރުއްވުމަށް ފަހު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތަށް ބަލައިނުގަނެވޭނެވާހަކަ އެންމެހާފަރާތްތަކުގެ މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

29 މޭ 2023
ހޯދާ