ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ ގެ މަގާމަށް މީހަކު ހޯދުމަށް

އިޢުލާނު

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-341344

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް -02

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. އަތޮޅު ހޮސްޕިޓަލް

މުސާރާ:

-/6,295 ރުފިޔާ

ސާރވިސް އެލަވަންސް:

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކު ހަމަޖެހިފައިޥާ އުސޫލުން ރިސްކް އެލަވަންސް.
  4. ސަޕޯޓިންގ ކޯއެލަވަންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ
  5. ހެލްތު އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އަށްވާ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކާއި ޖެނެރަލް އަދި މެޑިކަލް ތަކެތި ހޯދުމަށް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ހޯދާ ތަކެއްޗާއި ހޯދުމަށް ރިކުއެސްޓް ކުރާ ތަކެތީގެ ސްޓޭޓަސް ބެލެހެއްޓުން.
  3. ޕްރޮކިއުމަންޓް ޕްލޭން ތައްޔާރު ކުރުމާއި ޕްރޮކިއުމަންޓް ސޯސް ކުރާނެގޮތުގެ މަސައްކަތް ކުރުން.
  4. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނާއި ތަކެތި މަރާމާތު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  5. ބިޑް ބަލައިގަތުމާއި ޙަވާލުވުމުގެ އެންމެހާ ކަންތައް ޤަވާޢިދުގައިވާ ގޮތުގެ މަތިން ކުރުން. އަދި ބަލައގަންނަ ބިޑުތައ ފަރުވާތެރިކަމާއެކު ފައިލްކޮށް ރައްކާކުރުން.
  6. ބިޑް އިވެލުއޭޓްކުރުމާއިބެހޭ އެންމެހާ ކަންކަން ޤަވާޢިދުގައިވާ ގޮތުގެ މަތިން އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުން.
  7. ބިޑް ކޮމެޓީގެ ބައްދަލުވުންތައް ތާވަލުކޮށް ޤަވާޢިދުން ކުރިޔަށް ގެންދިއުމާއި ބިޑް ކޮމެޓީގެ ޙާޟިރީ ބެލެހެއްޓުން.  
  8. ބިޑްކޮމެޓީން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ސާފުކޮށް ދިނުން.
  9. ބިޑްކޮމެޓީގެ ޔައުމިއްޔާ، ޙާޟިރީ، ނިންމުން އަދި އެހެނިހެންވެސް ލިޔެކިޔުންތައް ނިންމަންޖެހޭ މުއްދަތަށް ނިންމައި ފަރުވާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  10. މުވައްޒަފުންނަށް ރިފަންޑްގެ ގޮތުގައި ދޭންޖެހޭ އެންމެހާ ފައިސާ ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް މުއްދަތުގެ ތެރޭގައި ބަޖެޓަށް ޙަވާލުކުރުން.
  11. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނަށް ޕްރޮކިއުމަންޓުން ހިންގާ މަސައްކަތްތަކަށް އަންނަ ބިލްތައް ވެރިފައިކޮށް، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްސްތަކާއެކު ލަސްނުކޮށް އެކައުންޓްސް ޑިވިޜަނަށް ބިލްތައް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  12. މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކުން މަސައްކަތް މުއްދަތަށް ނިންމާތޯއާއި އަދި މުއްދަތަށް ނުނިންމާ ފަރާތްތަކާއިމެދު ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންތައްތައް ކުރުން.
  13. ހޮސްޕިޓަލާ އާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހުސްނުވާނެ ގޮތަށް ހޯދުމުގެ މަސައްކަތްކުރުން.
  14. ޓެންޑަރ މަސައްކަތްތައް ބެލެހެއްޓުމާއި ޓެންޑަރކުރެވޭ މަސައްކަތްތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރުން.
  15. ފައިލްކުރަންޖެހޭ ލިޔުންތައް ފުރިހަމަކޮށް ޤަވާޢިދުން ފައިލްކުރޭތޯ ބެލުން.
  16. މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ޤަވާޢިދުން ފުރިހަމަކޮށް ބެލެހެއްޓުން
  17. ސިއްޙީ އެމަރޖެންސީތަކާއި ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  18. މީގެ އިތުރުންވެސް ހޮސްޕިޓަލުން އަންގާ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލިމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު  ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 08 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިން ތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން ތައް:

ނެތް

މި މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިހޮސްޕިޓަލްގެ އިދާރީ އޮފީހުގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކްފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖޫން 2023 ވާ އަންގާރަ ދުވަހުގެ (12:00) ގެ ކުރިން، (ފ. އަތޮޅު ހޮސްޕިޓަލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ(11 ޖޫން 2023) އާއި (14 ޖޫން 2023) އާ ދެމެދު، (ފ. އަތޮޅު ހޮސްޕިޓަލް) ގައެވެ.

 

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6740086)އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

29 މޭ 2023
ހޯދާ