ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަވަަށްތައް ބަހާލެވިފައިވާ ގޮތް

ވިލިނގިލީގެ އަވަށްތައް މީގެ ކުރިން ބަހާލެވިފައިވާ ގޮތުން ބައެއް އަވަށްތަކުގައި މީހުން ދިރިއުޅޭ ގެތައް މަދުވެ  އަވަށުލެވެލްގައި ހިންގޭ ކުޅިވަރު ޙަރަކާތްތަކާއި އިޖުތިމާއީ ޙަރަކާތްތައް ހިންގާއިރު އަވަށްތަކުގެ ޝަކުވާތައް އިންތިހާއަށް ކައުންސިލަށް ހުށަހަޅަމުންދާތީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 22 ވަނަ އާންމު ޖަލްސާއިން ވިލިނގިލީގެ މީހުން ދިރިއުޅޭ ސަރަހައްދަށް ރިއާޔަތްކޮށް އަވަށްތައް ވަނީ އަލުން ބަހާލެވިފައެވެ. މިގޮތުން މިބަދަލާއިއެކު އަވަށްތަކަށް ކިޔާނަންތަކަށާއި، އަވަށްތަކުގެ ކުލަޔަށް އެއްވެސް ބަދަލެއް ގެނެވިފައިނުވެއެވެ.

                   މި އިޢުލާނާއިއެކު އަވަށްތައް އަލަށް ބަހާލެވުނު ގޮތުގެ ރަށުގެ ޗާޓް ޝާއިޢު ކުރަމެވެ.

                   ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                    

                     08 ޛުލްޤައިދާ   1444 ހ.

                     28 މެއި      2023 މ.

 

28 މޭ 2023
ހޯދާ