ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
2023 - 2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމައި ގުޅޭ

ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމާއި ބެހޭ

 

     ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގައި 2024-2023 ވަނަ އަހަރު އަމަލު ކުރާނެ އުސޫލުގެ ދަށުން،  ހުވަދޫ ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1-10 އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

     ވީމާ، މިގްރޭޑް ތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިން 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން  23-202420 ވަނަ އަހަރު LKG އަށް ދަރިވަރުން ވައްދަން އެދޭ ފޯމް  ފުރިހަމަ ކުރެއްވުމަށްފަހު ސްކޫލަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު ސްކޫލް އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

 

ލިންކް: https://drive.google.com/file/d/1E0lCnHVDoBXvtM6WdawesOT1U_wIzSVQ/view?usp=share_link

 

* އެލް.ކޭ.ޖީ، ޔޫކޭޖީ، އަދި ގްރޭޑް 1 އަށް ވައްދާނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2024-2023 ވަނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ ވައްދާ އުމުރުފެރާ

އެލް. ކޭ. ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

އެލް. ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލްޖޭޖީ، ޔޫކޭޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރަމެވެ.

 

28 މޭ 2023
ހޯދާ