ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅުގެ ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ

މި އަތޮޅުގެ ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވެދިނުމުގެ ގޮތުން، މި އަހަރު ވެސް މި އަތޮޅުގެ 7 ރަށަކަށް މާލީ އެހީތެރިކަން  ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެހީގެ ގޮތުގައި ކޮންމެ ރަށަކަށް 100000.00 ރުފިޔާ (އެއްލައްކަ ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ބުރުގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަދި ތިލަދުންމަތީ އުތުރުބުރީ މުރައިދޫ އަށެވެ.

ވީމާ، ފިއްލަދޫ އަދި މުރައިދޫއަށް ނިސްބަތްވާ ފަރާތްތަކުންކުރެ، ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން 2023 ޖޫން 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ފޯމް މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 2 ފަރާތަކަށް ފައިސާ ދޫކުރެވޭނެއެވެ. އެއްރަށަކުން ގިނަ ޕްރޮޕޯސަލްތަކެއް ހުށަހެޅިއްޖެނަމަ ފައިސާ ދޫކުރުމުގައި ބަލާނީ އެ ރަށެއްގެ ޕްރޮޕޯސަލްތަކުގެ ތެރެއިން އިވެލުއޭޝަން މަރުޙަލާއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޕްރޮޕޯސަލްއަކަށެވެ. ޕްރޮޕޯސަލްތަކަށް ޕޮއިންޓްދިނުމުގައި ބަލާނެ ކަންތައްތަކާގުޅޭ ޝީޓް މި އިޢުލާނާއެކު ހީރަސްކުރެވިފައި ވާނެއެވެ.

ޕްރޮޕޯސަލްފޯމް، މިކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ ވެބްސައިޓުން www.halifatoll.gov.mv ލިބެން ހުންނާނެއެވެ.

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް

  1. ހއ. އަތޮޅު ރަށްރަށުގެ ކައުންސިލްގެ އިދާރާތައް
  2. ހއ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް  
  3. ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުވައްސަސާތައް
  4. ހއ. އަތޮޅު ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްޢިއްޔާތައް

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މޭ 2023
ހޯދާ