މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރެވޭ ގޯތިތައް ސާފުކުރުމުގައި އަމަލުކުރަންވީގޮތާއި ބެހޭ

އިޢުލާން

 

އަލަށް ދޫކުރެވޭ ގޯތިތައް ސާފުކުރުމުގައި އަމަލުކުރަންވީގޮތާއި ބެހޭ

 

ކިހާދޫއިން އަލަށް ދޫކުރެވޭ ގޯތި ތަކުގެ ވަގުތީ މިންތައް 2023 މެއި 28 (މިއަދު ) ގޯތިތައްލިބޭ ފަރާތްތަކަށްވާނީ ދެއްކިފައެވެ. އަދި މިގޯތި ތައް ސާފުކުރުމަށް މިއަދުންފެށިގެން 30 ދުވަހުގެ މުއްދަތެއް ދެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަރުހަލާގައި ގެވަޅުތައް ސާފުކުރުމުގައި ގަސްތައް ކޮށުމުގައި އަދި ސާފުކުރުމުގައި އުފެދޭ ކުނިތަކާއިމެދު އަންނަނިވި ގޮތައް އަމަލުކުރުމަށް ގޯތި ލިބިފައިވާ ފަރާތްތަކުން ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

ގަސްތައް ކޮށުމުގައި އަމަލުކުރަންވީ ގޮތް

  • މި މަރުހަލާގައި ގޯތިތައް ސާފުކުރުމުގައި ގޯތި ހިމެނޭ ސަރަޙައްދުގައި ހުންނަ ބޮޑެތި ލަކުޑީގެ ބާވަތްތަކުގެ ގަސްތައް ނުކެނޑުން.
  • ގޯތީގައި ހުންނަ ނުފޯދޭ ރުއްތަކުގެ ތެރެއިން ހިމެނޭ ކުދި ރުއްތައް ނަގާއިއިރުވެސް އުފުރާ ނުލެވޭވަރުގެ ރުއްތައް ވީވަރަކުން ބަހައްޓަމުން ގެންދިޔުން.
  • ފޯދިފައިވާ ރުއުރުކާއި ރުއްގަނޑުލާ ހެދިފައިވާ އެއްވެސް ރުކެއް ނުކެނޑުން.

 

ސާފުކުރުމުގައި އުފެދޭ ކުންޏާއިމެދު އަމަލު ކުރާނެގޮތް

  • ގޯތި ހިމެނޭ ސަރަޙައްދު ސާފުކުރާއިރު އުފެދޭ ފަނާއި ފަތްތައް އަދި ގަސްތަކުގެ ގޮފިތައް ފަސޭހައިން އަންދާލެވޭނެ ފަދަ ގޮތަކަށް ގޯތި ތަކުގެ ތެރެއިން ހުސް ޖާގައަކަށް އެއްކުރަމުން ގެންދިޔުން.
  • ކުނިތައް އަންދާލުމަށް އެއްކުރާއިރުވެސް ބޮޑިތި ގަސް ބުޑުތަކާއި ލަކުޑިފަދަ ބާވަތްތައް ވަކިން އެއްކުރުން
  • ގޯތި ސާފުކުރުމުގައި ނެގޭ ޕްލާސްޓިކާއި ދަނގަޑާއި އެހެނިހެންވެސް ފަނާ ނުވާ ޒާތުގެ އެންމެހާ ކުނިތައް ވަކިކޮށް ގެވަޅުތެރޭގައި އަންދާލެވޭ ކުނިތަކާއި ވަކިން ބެހެއްޓުން.

ގެވަޅުތަކުގައި އުފެދޭ ކުނިތައް އަންދަމުން ދާންވާނީ ކައުންސިލުން ކަނޑައަޅާ ދުވަސްތަކެއްގައި ކައުންސިލުން އަންގާ ގަޑިތަކެއްގައެވެ. މި މަރުހަލާގައި (28 މެއި 2023) މިއަދު، ވަގުތީމިން ދެއްކިފައިވާ ގެވަޅުތައް ހިމެނޭ ސަރަޙައްދުތައް ސާފުކުރެވެމުންދާ މިންވަރު ބަލައި ކުނިތައް އަންދަންވީ ގޮތުގެ އިރުޝާދު ކައުންސިލުން ދެމުން ގެންދަވާނެ ވާހަކަ ދަންނަވަމެވެ.

މިހާރު އަލަށް ދޫކުރެވިފައިވާ ގެވަޅުތަކަށް އަރާ މަގުތަކުގައާއި އެ ސަރަޙައްދުގައި ބެހެއްޓިފައިވާ އަމިއްލަ ފަރާތްތަކުގެ އުފުލޭ މުދަލެއް ހުރިނަމަ 3 ދުވަހުގެ ތެރޭގައި ނެންގެވުން އެދެމެވެ. އަދި މި ސަރަޙައްދުތަކުން ފަން ހޮވާ ފަރާތްތަކުން ފަން ކުރުއްސުމަށްފަހު ބާކީވާ ފަންތަކާއި ފަންތޮށިތައް މި ސަރަޙައްދުތަކަށް އެޅުން މިއަދުން ފެށިގެން ހުއްޓާލުމަށް ދަންނަވަމެވެ.

ވަގުތީ މިންތައް ދެއްކިއިރު ހާޒިރުވެފައި ނުވާ ފަރާތްތަކާއި ބަދަލުގައި އެއްވެސް ފަރާތެއް ނުފޮނުއްވާ ފަރާތްތަކުން މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި ކައުންސިލަށް ދުރުވެ ނުވަތަ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވުމަށްފަހު، ސާފުކުރަންވީ ގޮތުގެ އިރުޝާދު ކައުންސިލުން ހޯދުމަށް ދަންނަވަމެވެ.

ވީމާ މަތީގައި ދެވިފައިވާ އިރުޝާދުތަކަކާއި އެއްގޮތައް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި އެހެން ފަރާތަކާއި ހަވާލުކޮށްގެން  ގޯތި ސާފުކުރަމުން ދިޔަ ނަމަވެސް ދެންނެވިފައިވާ އިރުޝާދުތަކާއި ހިލާފަށް އަމަލުކޮށްފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ވާނީ ގެވަޅު ލިބިފައިވާ ފަރާތުން ކަމުގައި ދަންނަވަމެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާނުކުރީމެވެ.

                        

08 ޛުލްޤައިދާ 1444ހ.

28   މެއި  2023މ.

 

 

 

      

                                                              ޙުސައިން ޝާފިޢު

                                                              ކައުންސިލްގެ ރައީސާ

 

28 މޭ 2023
ހޯދާ