މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު އެތެރޭގައި ހެދިފައިވާ ވިނަތައް ނޮޅައި ގަސްތައް ކަނޑައިދޭނެ ފަރާތެއް ހޯދުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

 

ގަބުރުސްތާނު އެތެރޭގައި ހެދިފައިވާ ވިނަތައް ނޮޅައި ގަސްތައް ކަނޑައިދޭނެ ފަރާތެއް ހޯދުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

 

                 މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ގަބުރުސްތާނު އެތެރޭގައި ހެދިފައިވާ ވިނަތައް ނޮޅައި ގަސްތައް ކަނޑައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ކޯޓޭޝަން ހުށަހަޅާފައިނުވާތީ މިއިދާރާގެ ނަންބަރު: (IUL)320-ADHR/320/2023/94 އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. 

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 މެއި 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް 2023 މެއި 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު: 6602500 ފޯނާއި ގުޅުއްވުން އެދެމެވެ.

                  08 ޒުލްޤައިދާ 1444

28 މޭ 2023
ހޯދާ