ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް

1. (ހ) މި އުޞޫލަކީ، ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ އަދި އެ ސެންޓަރުގައިހުރި ތަކެތި ކުއްޔަށް ދޫކުރުމަށް ޢަމަލުކުރާނެ އުޞޫލެވެ.

 (ށ) މިއުޞޫލަށް ކިޔާނީ " ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް " އެވެ. 

ތަޢާރަފް

2. މިއުޞޫލު އެކުލަވައިލުމުގެ ބޭނުމަކީ، އަންނަނިވި މަޤުސަދުތައް ހާސިލުކުރުމެވެ.

(ހ) ކޮމިއުނިޓީ ސެންޓަރ ބޭނުންވާ ފަރާތްތަކަށް، އެ ސެންޓަރ ބޭނުންކުރުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ފޯރުކޮށްދިނުން.

(ށ) ކޮމިއުނިޓީ ސެންޓަރ ބޭނުންކުރުމުގައި އެންމެ ފައިދާހުރި ގޮތަކަށް އެކަމުގެ އިންތިޒާމް ހަމަޖެއްސުން.

(ނ) ކޮމިއުނިޓީ ސެންޓަރ ބޭނުންކުރުމުގައި ނަގާ ފީތަކާއި އަގުތަކަކީ، އާންމުކޮށް ޝާއިޢުކޮށްފައިވާ އަގުތަކެއް ކަމުގައި ހަމަޖެއްސުން.

(ރ) ހައްދުންމަތީ ކަލައިދޫ  ކޮމިއުނިޓީ ސެންޓަރ އަދި އެ ސެންޓަރުގައިހުރި ތަކެތި ކުއްޔަށް ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

މަގުސަދު

 

3. ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ބޭނުންތަކަށެވެ.

   (ހ) ޖަލްސާތަކާއި، ސެމިނާތަކާއި، ވޯކްޝޮޕްތައް ބޭއްވުމަށް

  (ށ) މައުރަޒުތަކާއި މުބާރާތްތައް ބޭއްވުމަށް.

  (ނ) އިމްތިހާނުތައް ބޭއްވުމަށް.

  (ރ) ސަރުކާރުގެ ބައްދަލުވުންތައް ބޭއްވުމަށް.

  (ބ) ދީނީ ދަރުސް ބޭއްވުމަށް.

  (ޅ) މުނާސަބަތުތަކާއި، ޙަފްލާތައް  އަދި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭއްވުމަށް.

ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދޫކުރެވޭނެ ބޭނުންތައް

 

4. (ހ) ކޮމިއުނިޓީ ސެންޓަރ ކުއްޔަށްދެވޭނެ އެންމެ ދިގު މުއްދަތަކީ، ވިދިވިދިގެން 5 (ފަހެއް) ދުވަހުގެ މުއްދަށެވެ. އެއަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ހިފާނަމަ، ވަގުތާއި ހާލަތާއި ކަމުގެ ބާވަތަށް ބަލައިފައި ގޮތެއް ނިންމާނީ ހައްދުންމަތީ ކަލައިދޫ ކައުންސިލުންނެވެ.

  (ށ) ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދެވޭނެ އެންމެ ކުރު މުއްދަތަކީ 1 (އެކެއް) ދުވަހުގެ މުއްދަތަށެވެ.

 

ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު

 

5. މިއުޞޫލުގެ ދަށުން ކޮމިއުނިޓީ ސެންޓަރާއި ކޮމިއުނިޓީ ސެންޓަރ އާއި ގުޅޭ އެހެނިހެން ތަކެތި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

 

(ހ) ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށް އެދޭނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. މިފޯމު، މިއުޞޫލުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާނެއެވެ. މި ފޯމު، ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  (ށ) މިއުޞޫލާއި އެއްގޮތައް  ޢަމަލުކުރުމަށް އެއްބަސްވެ " ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށް އެދޭ ފޯމު " ގައިވާ އިޤްރާރުގައި ސޮއިކުރަންވާނެއެވެ.

  (ނ) ކުއްޔަށް ހިފުމަށް އެދޭ ފޯމު ހުށަހަޅަންވާނީ، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި، ރަސްމީ މަސައްކަތު ގަޑީގައެވެ.

 

ކުއްޔަށް ހިފުމަށް އެދުމުގައި އަމަލުކުރާނެ ގޮތް

 

6. ހޯލުގައި ބާއްވާ ހަރަކާތަކާ ގުޅޭގޮތުން ކޮމިއުނިޓީ ސެންޓަރ ތައްޔާރު ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

ހޯލު ތައްޔާރުކުރުން

 

7. (ހ) ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ކުއްޔަށް ދޫކުރާނީ، އެކަމަށް އެދި، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ ފޯމު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި މިއުޞޫލުގެ 8 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާ އެއްގޮތަށް ފައިސާ ދައްކައިފައިވާނަމައެވެ.

 

 

ކޮމިއުނިޓީ ސެންޓަރ އާއި އެހެނިހެން ތަކެތި ކުއްޔަށް ދޫކުރުމާއި، ކޮމިއުނިޓީ ސެންޓަރ އިން ޚިދުމަތް ދިނުން

8. (ހ) ކޮމިއުނިޓީ ސެންޓަރާއި ތަކެތި ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތަކީ ހައްދުންމަތީ ކަލައިދޫ ރަށްވެއްސެއްކަމުގައި ވާނަމަ ކަނޑައެޅިފައިވާ އަގަކީ ދުވާލަކަށް -/ 1500(އެއްހާސް ފަސްސަތޭކަ) ދިވެހި ރުފިޔާ

 (ށ) ކޮމިއުނިޓީ ސެންޓަރާއި ތަކެތި ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތަކީ ހައްދުންމަތީ ކަލައިދޫ ރަށްވެއްސެއްކަމުގައި ނުވާނަމަ ކަނޑައެޅިފައިވާ އަގަކީ ދުވާލަކަށް -/2000 ދިވެހި ރުފިޔާ

 

ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ޚިދުމަތްތައް ދޫކުރުމުގެ އަގުތައް

9. މިއުޞޫލުގެ ދަށުން ކުއްޔަކާ ނުލައި އަދި ކުލީގެ ވަކި މިންވަރެއް ނަގާ ގޮތަށް، އަންނަނިވި ކަންކަމަށް ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ދޫކުރުމުގެ އިޚްތިޔާރު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ލިބިގެން ވެއެވެ.

  (ހ) ކައުންސިލްގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ބޭނުމަށާއި އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ގޮތުން ހައްދުންމަތީ ކަލައިދޫ ކައުންސިލާއި ގުޅިގެން ހިންގޭ ހަރަކާތްތަކަށް ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެއްޗާއި ޚިދުމަތްތައް ހިލޭ ދޫކުރެވިދާނެއެވެ.

  (ށ) ސިދާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ އޮފީސްތަކުން، ބާއްވާ ޤައުމީ ކަންކަމަށް ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެއްޗާއި ޚިދުމަތްތައް ހިލޭ ދޫކުރެވިދާނެއެވެ.

 

ކުއްޔަކާއި ނުލައި ދޫކުރުމާއި، ކުލީގެ ވަކި މިންވަރެއް ނަގާގޮތައް ދޫކުރުން

 

10.(ހ) ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ކުއްޔަށް ދޫކުރެވޭނީ، ކޮމިއުނިޓީ ސެންޓަރުގެ ކުލި، ކުރިޔަށް ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ދެއްކުމުންނެވެ. އަދި ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ކުއްޔަށް ހިފުމަށް އިތުރަށް ހޯދަން އެދޭ ޚިދުމަތްތަކުގެ ފައިސާ ކޮމިއުނިޓީ ސެންޓަރ އަނބުރާ ހަވާލުކުރާއިރު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ދައްކަންވާނެއެވެ.

  (ށ) ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކަށް ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ބިލުކުރާގޮތަށް ކުއްޔަށް ދޫކުރެވިދާނެއެވެ.

  (ނ) ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށްޓަކައި ފައިސާ ދެއްކުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސާނީ، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ގަޑީގައެވެ.

  (ރ) ހައްދުންމަތީ ކަލައިދޫ ކައުންސިލުން ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ދިނުމަށްފަހު، ކަލައިދޫ ކައުންސިލުން އެއްވެސް ސަބަބަކާހުރެ ކެންސަލް ކޮއްފިނަމަ، ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށްޓަކައި ދައްކައިފައިވާ ކުލީގެ ފައިސާ، ކުއްޔަށް ހިފި ފަރާތައް އަނބުރާ ދޭންވާނެއެވެ. ނަމަވެސް ކެންސަލް ކުރުމުގެ ސަބަބުން ކުއްޔަށް ހިފި ފަރާތައް ލިބޭނެ ނުވަތަ ލިބިދާނެ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް ހައްދުންމަތީ ކަލައިދޫ ކައުންސިލުން ނަގާކަށް ނުޖެހޭނެއެވެ.

  (ބ) ކުއްޔަށް ހިފާފަރާތުން ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށް ފައިސާ ދެއްކުމަށްފަހު، ކުއްޔަށް ހިފާފަރާތުން އެއްވެސް ސަބަބަކާއިހުރެ އެފަރާތުން ކެންސަލްކޮށްފިނަމަ، ރީފަންޑް ކުރެވޭނީ ދެއްކި ޖުމްލަ ފައިސާގެ %50 އަށް ވާ ފައިސާއެވެ.

 

ފައިސާ ދެއްކުން

 

11.(ހ) ކުއްޔަށް ހިފާފަރާތުން ހޯލު ބޭނުންކުރުމަށްފަހު ހައްދުންމަތީ ކަލައިދޫ ކައުންސިލާއި ހަވާލު ކުރަންވާނީ، ކޮމިއުނިޓީ ސެންޓަރާއި ތަކެތި ސާފުކުރުމަށްފަހު، ހަވާލު ކުރެވުނު އިރު ހުރި ހާލަތުގައެވެ.

  (ށ) ހައްދުންމަތީ ކަލައިދޫ ކައުންސިލުން ކޮމިއުނިޓީ ސެންޓަރާއި ހަވާލުވާންވާނީ، ކޮމިއުނިޓީ ސެންޓަރާއި ތަކެތި ރަނގަޅަށް ބަލައި ޗެކް ކުރުމަށްފަހުގައެވެ. އަދި ކޮމިއުނިޓީ ސެންޓަރާއި ތަކެތި ޗެކް ކުރުމަށްފަހު، " ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށް އެދޭ ފޯމު" ގައި، އެ މުވައްޒަފަކު ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަ ކުރަންވާނެއެވެ.

  (ރ) މިއުޞޫލުގެ ދަށުން ކުއްޔަށް ހިފައިގެން ނުވަތަ ކުއްޔަކާ ނުލައި ބޭނުންކުރާ ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމެއްގެ ފުރިހަމަ ޒިންމާ، ކުއްޔަށް ހިފާ ފަރާތުން ނުވަތަ ކުއްޔަކާ ނުލައި ބޭނުންކުރި ފަރާތުން އުފުލަންވާނެއެވެ. މިގޮތުން ލިބޭ ގެއްލުމަކީ މަރާމާތުކޮށްގެން ރަނގަޅުކުރެވޭވަރުގެ ގެއްލުމެއްނަމަ، އެ އެއްޗެއް ބާޒާރުން ލިބެންހުރި އަގު ނުވަތަ އެފަދަ އައު އެއްޗެއް، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހައްދުންމަތީ ކަލައިދޫ ކައުންސިލް އިދާރާއަށް ހޯދައިދޭންވާނެއެވެ.

 

ކޮމިއުނިޓީ ސެންޓަރ އަނބުރާ ހަވާލުކުރުން

 

12. ކޮމިއުނިޓީ ސެންޓަރގެ ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވާންވާނެއެވެ.

    (ހ) ހައްދުންމަތީ ކަލައިދޫ  ކޮމިއުނިޓީ ސެންޓަރގައި ބޭނުންކުރާ ގޮނޑިއާއި، މޭޒުފަދަ ތަކެތީގައްޔާއި ކޮމިއުނިޓީ ސެންޓަރގެ އެއްވެސް ތަނެއްގައި ހީރަހާއި މޮހޮރާއި ޕިންފަދަ ތަކެތި ޖަހައިގެން ނުވާނެއެވެ. އަދި ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރުގެ ފާރުގައި އެއްވެސް އެއްޗެއް ތަތްކޮއްގެން ނުވާނެއެވެ. 

  (ނ) ކޮމިއުނިޓީ ސެންޓަރ ބޭނުންކުރުމާއި ގުޅިގެން އުފެދޭ އެންމެހައި ކުންޏެއް އުކައިލުމަކީ، ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

  (ރ) ކޮމިއުނިޓީ ސެންޓަރުގައި ބާއްވާ ކޮންމެ ހަރަކާތެއް ވެސް ނަމާދު ވަގުތައް މެދުކަނޑައިލަންވާނެއެވެ.

  (ބ) އިސްލާމް ދީނާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ފުށުއަރާ ޒާތުގެ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

  (ޅ) ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފާފަރާތުން، ޤާނޫނާއި ގަވައިދާ ޚިލާފު އެއްވެސް ކަމެއް ކޮމިއުނިޓީ ސެންޓަރ ތެރޭގައި ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ކަމާ ގުޅޭ އިދާރާއަކަށް އެކަމެއް ރިޕޯޓް ކުރުމުގެ އިޚްތިޔާރު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ލިބިގެންވެއެވެ.

ކޮމިއުނިޓީ ސެންޓަރގެ ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން

 

13. (ހ) މިއުޞޫލުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރާނީ، ހައްދުންމަތީ ކަލައިދޫ ކައުންސިލް އިންނެވެ.

  (ށ) މި އުޞޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް، ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރާއި އެހެނިހެން ތަކެތި ކުއްޔަށް ދޫނުކުރުމުގެ އިޚްތިޔާރު، ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ލިބިގެންވެއެވެ.

  (ނ) ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށް އެދިފައިވާ މަޤުސަދަށާއި ޒާތަށް ބަލައި، ކޮމިއުނިޓީ ސެންޓަރ ދޫނުކުރުމުގެ އިޚްތިޔާރު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

ކައުންސިލަށް ލިބިގެންވާ އިޚްތިޔާރުތައް

 

14. މިއުޞޫލުގެ ޖަދުވަލު 1 އަކީ، މިއުޞޫލުގެ ބައެކެވެ. މި އުޞޫލު ފުރިހަމަވާނީ، މި ޖަދުވަލު ހިމަނައިގެންނެވެ.

 

ޖަދުވަލަކީ އުޞޫލުގެ ބައެއް ކަމުގައި ކަނޑައެޅުން

 

15. މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި، މި އުޞޫލު ޝާއިރުކުރާ ތާރީޚުން ފެށިގެންނެވެ.

އުޞޫލަށް ޢަމަލުކުރަން ފެށުން

 

 

 

 

 

 

 

ޖަދުވަލު-1           

     ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

           ލ.ކަލައިދޫ

            ދިވެހިރާއްޖެ.

 

ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމަށް އެދޭ ފޯމު

ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފަން ބޭނުންވާ ފަރާތުގެ މައުލޫމާތު

ނަން:

 

ގުޅޭނެ ފޯން ނަންބަރ:

 

އެޑްރެސް:

 

މޯބައިލް ފޯން ނަންބަރ:

 

ކޮމިއުނިޓީ ސެންޓަރ ހިފަން ބޭނުންވާ ތާރީޚާއި، މުއްދަތު:

/    /   އަށް

/    /    އަށް

ދުވަސް:

ކޮމިއުނިޓީ ސެންޓަރ ގައި ހިންގަން ބޭނުންވާ ހަރަކާތް:

 

ފައިސާ ދައްކަވާގޮތް

ވަގުތުން

 

ބިލް ކުރާގޮތަށް

 

             

 

ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފަން ބޭނުންވާ ފަރާތުގެ އިޤްރާރު

ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާ އެއްގޮތަށް ކޮމިއުނިޓީ ސެންޓަރ ބޭނުންކުރުމުގައި ޢަމަލުކުރުމަށް އަހުރެން އެއްބަސްވަމެވެ.

ފުރިހަމަ ނަން:

 

ތާރީޚް:

 

ސޮއި:

 

ތައްގަނޑު:

 

 

އިދާރީ ބޭނުމަށް

ބަޖެޓް އިން ފުރިހަމަ ކުރުމަށް

ކައުންސިލުން ނިންމި ގޮތް:

ފައިސާ ބަލައިގަތް

ވެރިޔާގެ ނަން:

 

މުވައްޒަފުގެ ނަން:

 

މަޤާމް:

 

މަޤާމް:

 

ތާރީޚް:

 

ތާރީޚް:

 

ސޮއި

 

ސޮއި:

 

 

 

ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކުއްޔަށް ހިފާފަރާތާއި ހަވާލު ކުރާއިރު ފުރިހަމަކުރަންޖެހޭ ބައި

ކޮމިއުނިޓީ ސެންޓަރ އާއި ތަކެތި ޗެކުކޮށް ހަވާލުކުރި

 (ކައުންސިލް)

ނަމާއި، މަޤާމު:

 

ކޮމިއުނިޓީ ސެންޓަރ އާއި ތަކެތި ޗެކުކޮށް ހަވާލުވި

(ކުއްޔަށް ހިފާފަރާތުން)

ނަމާއި، މަޤާމު:

 

ތާރީޚް:

 

ތާރީޚް:

 

ގަޑި:

 

ގަޑި:

 

ސޮއި:

 

ސޮއި:

 

ރިމާކްސް:

...........................................................................................................................................................................................................................................................................................................................................

 

 

ކުއްޔަށް ހިފިފަރާތުން ހައްދުންމަތީ ކަލައިދޫ ކޮމިއުނިޓީ ސެންޓަރ ކައުންސިލާއި ހަވާލުކުރާއިރު ފުރިހަމަކުރަންޖެހޭ ބައި

 

ކޮމިއުނިޓީ ސެންޓަރ އާއި ތަކެތި ޗެކުކޮށް ހަވާލުކުރި

(ކުއްޔަށް ހިފާފަރާތުން)

ނަމާއި/މަޤާމު:

 

 

ކޮމިއުނިޓީ ސެންޓަރ އާއި ތަކެތި ޗެކުކޮށް ހަވާލުވި

 (ކައުންސިލް)

ނަމާއި/މަޤާމު:

 

ތާރީޚް:

 

ތާރީޚް:

 

ގަޑި:

 

ގަޑި:

 

ސޮއި:

 

ސޮއި:

 

ރިމާކްސް: (ކޮމިއުނިޓީ ސެންޓަރ ނުވަތަ ކުއްޔަށް ހިފި ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމާއިގުޅޭ ތަފްސީލް ލިޔުމަށް)

................................................................................................................................................................................................................................................................................................................

................................................................................................................................................................................................................................................................................................................

ނޯޓް: ކޮމިއުނިޓީ ސެންޓަރަށް ލިބޭ ގެއްލުމަކީ މަރާމާތުކޮށްގެން ރަނގަޅު ކުރެވޭވަރުގެ ގެއްލުމެއްނަމަ، ކުއްޔަށް ހިފާ ފަރާތުން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ މަރާމާތެއްކޮށް ނިންމައިދޭން ވާނެއެވެ. މަރާމާތު ނުކުރެވޭ ވަރުގެ ގެއްލުމެއްނަމަ، އެއެއްޗެއް ބާޒާރުން ލިބެން ހުރި އަގު ނުވަތަ އެފަދަ އައު އެއްޗެއް ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހައްދުންމަތީ ކަލައިދޫ ކައުންސިލާއި ހަވާލުކުރަންވާނެއެވެ.

 

 

 

 

 
  Text Box: ޖަދުވަލު-1
28 މޭ 2023
ހޯދާ