މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މަނަދޫގެ އެކި ސަރަޙައްދުތަކުގައި އިޝްތިހާރު، ބިލްބޯޑް، ސައިންގ ބޯޑްފަދަ ބޯޑްތައް ބެހެއްޓުމުގެ އުޞޫލު

ނ.މަނަދޫގެ އެކި ސަރަޙައްދުތަކުގައި އިޝްތިހާރު، ބިލްބޯޑް، ސައިންގ ބޯޑްފަދަ ބޯޑްތައް ބެހެއްޓުމުގެ އުޞޫލު

ތަޢާރަފް

1

(ހ)

މި އުޞޫލަކީ ނ.މަނަދޫގެ އެކި ސަރަޙައްދުތަކުގައި އިޝްތިހާރު، ބިލްބޯޑުފަދަ ސައިންގ ބޯޑްތައް ބެހެއްޓުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

 

 

(ށ)

މި އުޞޫލު އެކުލަވާލާފައި މިވަނީ ޤާނޫނު ނަންބަރ 2010/07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނުގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން މި ކައުންސިލްއަށް ލިބިދޭ އިޙްތިޔާރުގެ ދަށުންނެވެ.

ބޯޑް ބެހެއްޓޭނެ ސަރަޙައްދުތައް

2

(ހ)

މި އުޞޫލުގެ ދަށުން އިޝްތިހާރު، ބިލްބޯޑް ފަދަ ބޯޑުތައް ބެހެއްޓޭނީ ނ.މަނަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދުތަކާއި އިމާރާތްތަކުގައެވެ.

 

(ށ)

އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދެއް، އިމާރާތެއްގައި  މި އުޞޫލުގެ ދަށުން ބޯޑް ހަރުނުކުރެވޭނެއެވެ. އަދި އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދެއް، އިމާރާތެއްގައި އެތަނެއްގެ ވެރިފަރާތުގެ ހުއްދަނެތި ބިލްބޯޑު ބެހެއްޓުމަކީ މަނާކަމެކެވެ.   

ބޯޑުތަކަށް ކަނޑައެޅިފައިވާ އަގުތައް

3

(ހ)

މި އުޞޫލުގެ ދަށުން ބެހެއްޓޭ ބޯޑުތަކަށް މަހަކަށް ޖެހޭ އަގު ކަނޑައެޅޭނީ އެބޯޑެއްގެ ބޮޑު މިނަށް ބަލައިގެންނެވެ. އެގޮތުން ބެހެއްޓޭ ބޯޑުތަކަށް ތިރީގައި މި ބަޔާންކުރާ ގޮތުގެ މަތިން އަގު ނުވަތަ މަހުފީ ނެގޭނެއެވެ.

  1. 10 ފޫޓައްވުރެ ކުޑަ ބޯޑްތަކަށް 100ރ (ސަތޭކަ ރުފިޔާ)
  2. 11 ފޫޓާއި 15 ފޫޓާއި ދެމެދުގެ ބޯޑުތަކަށް 200ރ (ދުއިސައްތަ ރުފިޔާ)
  3. 16 ފޫޓާއި 20 ފޫޓާއި ދެމެދުގެ ބޯޑުތަކަށް 300ރ (ތިން ސަތޭކަ ރުފިޔާ)
  4. 20 ފޫޓައްވުރެ ބޮޑު ބޯޑުތަކަށް 500ރ (ފައްސަތޭކަ ރުފިޔާ)

 

(ށ)

މި އުޞޫލުގެ ދަށުން ބެހެއްޓޭ ބޯޑުތަކަށް ކަނޑައެޅިފައިވާ އަގު ނުވަތަ މަހުފީ ބޯޑު ބަހައްޓާ މަހުންފެށިގެން ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ދައްކަން ވާނެއެވެ.

ބޯޑު ބެހެއްޓުމާއި ނެގުމުގައި ޢަމަލު ކުރަންވީ ގޮތް

4

(ހ)

ބޯޑު ބަހަށްޓަންވާނީ ރަސްމީކޮން (ސިޓީއަކުން) މިއިދާރާއަށް ހުށަހަޅައި މިއިދާރާގެ ހުއްދަ ލިބިގެންނެވެ.

 

(ށ)

ބޯޑު ބަހައްޓަންވާނީ ބޯޑުގެ ބޮޑުމިނަށްވާ އަގު މިއިދާރާއަށް ދެއްކުމަށް ފަހުގައެވެ.

 

(ނ)

ހަރުކޮށްފައިވާ ބޯޑެއް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ރަސްމީކޮށް (ސިޓީއަކުން) މިއިދާރާއަށް އަންގަން ވާނެއެވެ. މިއިދާރާއަށް އެންގުމަކާއި ނުލާ ބޯޑު ނެގި ނަމަވެސް ކަނޑައެޅިފައިވާ އަގު ނުވަތަ މަހުފީ ހިގަމުންދާނެއެވެ.

 

 

(ރ)

ހަރުކޮށްފައިވާ ބޯޑެއް ނަގަން ބޭނުންވެއްޖެ ނަމަ ބޯޑު ނަގާ ދުވަހާއި ހަމައަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ ދައްކާ ޚަލާސް ކުރަންވާނެއެވެ.

އިސްތިސްނާވާ ޙާލަތްތައް

5

(ހ)

ސިޔާސީ ޙަރަކާތްތަކާއި ގުޅިގެން ބެހެއްޓޭ ކެމްޕޭނު ބޯޑަތަކާއި ބެނާފަދަ ތަކެއްޗަށް މިއުޞޫލު ނުހިނގާނެއެވެ.

 

 

(ށ)

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބެހެއްޓޭ ބޯޑް، ބެނާ، ލިޔުން އަދި ޝިޔާރު ފަދަ ތަކެއްޗަށް މިއުޞޫލު ނުހިނގާނެއެވެ.

 

 

(ނ)

މުޖުތަމަޢުގެ ޙޭލުންތެރިކަން އިތުރުކުރުމަށް ބެހެއްޓޭ ބޯޑް، ބެނާ، ލިޔުން އަދި ޝިޔާރު ފަދަ ތަކެއްޗަށް މިއުޞޫލު ނުހިނގާނެއެވެ.

މަނާ ކަންތައްތައް

6

(ހ)

އިސްލާމްދީނުގެ އަސްލަކާ އުޞޫލަކާއި ޚިލާފު އެއްވެސް ބޯޑެއް، ލިޔުމެއް، ބެނާއެއް ޝިޔާރެއް އެއްވެސް ސަރަޙައްދެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.

 

 

(ށ)

އިޖުތިމާއީ މިންގޑުތަކަށް ނުފެތޭ އެއްވެސް ބޯޑެއް، ލިޔުމެއް، ބެނާއެއް ޝިޔާރެއް އެއްވެސް ސަރަޙައްދެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.

 

 

(ނ)

މިއިދާރާގެ ހުއްދަ ނުނަގާ އެއްވެސް ސަރަޙައްދެއްގައި އެއްވެސް ބޯޑެއް، ލިޔުމެއް، ބެނާއެއް ޝިޔާރެއް ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ހުއްދަ ނުނަގާ މިގޮތައް އެއްވެސް ބޯޑެއް، ލިޔުމެއް، ބެނާއެއް ނުވަތަ ޝިއާރެއް އެއްވެސް ސަރަޙައްދެއްގައި ބަހައްޓާފައިވާކަން މިކައުންސިލަށް ސާބިތުވެއްޖެނަމަ 500ރ (ފައްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

އަމަލު ކުރަންފެށުން

7

 

މިއުޞޫލައް ޢަމަލުކުރަން ފަށާނީ، ނ.މަނަދޫ ކައުނސްލްގެ އާންމު ބައްދަލުވުމަކުން މިއުޞޫލު ފާސްކުރާ ދުވަހުން ފެށިގެންނެވެ. (މިއީ 2023 ވަނަ އަހަރުގެ މަނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 74 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ އުޞޫލެކެވެ.)

10 މޭ 2023
ހޯދާ