ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު IUL)359-CA/PRIV/2015/1)ފ(08 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވަނީ އެންމެ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.
މިއިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ފެލިދޫ ކައުންސިލް އިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700720 ނުވަތަ 7710565 އަށެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
- ކޮންމެ އައިޓަމެއްގެ އަގު ވަކިން އެނގޭނޭހެން ހުށަހެޅުން.
- ޖީ.އެސް.ޓީއަށް ވާ އަގު ވަކިން އެނގޭނޭހެން ޖުމުލަ އަގު ހުށަހެޅުން.
- ތަކެތި އިންސްޓޯލްކުރުމާއި ސެޓަޕް ހެދުމުގެ އަގު ހުށަހެޅުން. (ދަތުރު ޚަރަދާއި، ހުރުމާއި، ކެއުން ހިމަނައިގެން)
- އަންދާސީހިސާބުގައި ޕޭމަންޓް ޓާރމް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާއިރު ދެވިފައިވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.
ހުށަހެޅޭ އަގުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:
- 80 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 05 ޕޮއިންޓް ވޮރަންޓީއަށް (އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 05 ޕޮއިންޓް ތަޖުރިބާ (ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި ސަޕްލައި ކޮންދިނުމަށް އެންމެ ގިނަ ޕޮއިންޓް) ސަޕޯޓިންގ ލިޔުންތަކަށް ބަލާފައި.
އަންދާސީހިސާބު ހުށަހެޅުން
- އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓިއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލް އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ބެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަންބަރު 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.
04 ރަބީޢުލްއާޚިރު 1436