މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މުދިމުންގެ ޕޫލް އެކުލަވާލުން

އިޢުލާން

މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

 

     މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން، މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާމުކޮށް ހުޅުވާލަމެވެ.

މަޤާމް :

އިމާމް / މުދިމް

ބޭނުންވާ ޢަދަދު :

02 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރު

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ނ.ޅޮހި މިސްކިތްތައް / ޅޮހި ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/61 ރުފިޔާ (އިމާމް)

މަސައްކަތް ކުރާ ގަޑިއަކަށް -/53 ރުފިޔާ (މުދިމް)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން

ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދުގެ، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމާއި އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން

5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.

6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިއުމެއް ނައްތާލުން.

7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.

8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

9. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން

10. ކަށުކަމާކެމީގެ ކަންތައް ކުރުން ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ޙާލަތެއްގައި)

                  

                   ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 04 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށައެޅުއްވުން އެދެމެވެ.

                    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ:6560032 ފޯނާ ގުޅުއްވުން އެދެމެވެ.

28 މޭ 2023
ހޯދާ