ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ޙިފްޒްކުރުމުގެ ފުރުސަތު

                                                    ނަމްބަރ:(IUL)252/252/2023/40

ޢިއުލާން

       ޤުރުއާން ޙިފްޒްކުރުމުގެ ފުރުސަތު

 

                     ޖަމްޢިއްޔަތުލް ތަޙްފީޡިލް ޤުރުއާނިލް ކަރީމްއިން ސުކޫލް ދަރިވަރުންނަށް އަމާޒުކޮއްގެން ޤުރުއާން ހިތުދަސްކޮއްދޭ ކުލާސް ތަކެއް މިއަހަރުގެ ޖޫން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިކައުންސިލަށްވަނީ އަންގާފައެވެ. މިކްލާސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި މިކްލާސްތައް ކުރިޔަށްގެންދިއުމަށް   ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން 17 ކުދިންނަށް ފުރުސަތު ދޭގޮތަށެވެ.

                     ވީމާ މިޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލް ދަރިވަރުން 29 މެއި 2023 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ޙިފްޒު ޕްރޮގުރާމުގެ މަޢުލޫމާތު ކަރުދާސް މިޢިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ފޯން 6500023 / 9997820

                     ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                             05 ޛުލްޤައިދާ  1444ހ

                             25  މެއި   2023މ

25 މޭ 2023
ހޯދާ