ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

                     (IUL)GS-183-ADMIN/INDIV/2023/6 : ނަންބަރ

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

- މިސްކޫލުންދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޔުނީފޯމާއި ގުޅުންހުރި މަޢުލޫމާތު ބީލަން ފޮތުގައިވާނެއެވެ.

  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 މެއި 2023 ން 01 ޖޫން 2023  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެވޭނެއެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.

-  އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.        

-   އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ  07 ޖޫން 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

އީމެއިލް: [email protected]

ފޯން:   6800745/6800785

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800745 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

25 މޭ 2023
ހޯދާ