މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ލުއިމަސައްކަތްތަކަށާއި ވިޔަފާރިތަކަށް ބިން ކުއްޔަށްދޫކުރުން

ކުރީގެ ކުޅިވަރުބިން ސަރަހައްދުން އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ މިދަންނަވާ 4 ބިން

# (ލޮޓްނަމްބަރ: 68.1 )     800 އަކަފޫޓް

# (ލޮޓް ނަމްބަރ: 59.2.1 )  1400 އަކަފޫޓް

# (ލޮޓް ނަމްބަރ: 59.2.2 )  1400 އަކަފޫޓް

# (ލޮޓްނަމްބަރ: 32.1)     1400 އަކަފޫޓް

އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިންތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އެލޮޓަކަށް  " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް (ބިޑްގަތުމަށް އެދޭ ފޯމް ގައި ބަޔާންކޮށްފައިވާ) ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯމް ވިއްކުން

(ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )

4 ޖޫން 2023 ވާ އާދިއްތަ  ދުވަހުން ފެށިގެން 22 ޖޫން  2023 ވާ ބުރާސްފަތި  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

4 ޖުލައި 2023  ވާ އަންގާރަ ދުވަސް

މެންދުރު 13:30  

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

13 ޖުލައި 2023 ވާ ބުރާސްފަތި

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މޭ 2023
ހޯދާ