މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބުރެއް ބޭއްވުން

`

 

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

ބ. ފުޅަދޫ ، ދިވެހިރާއްޖެ

Secretariat of the Fulhadhoo Council, South Maalhosmadulu

Ba. Fulhadhoo, Republic of Maldives

(IUL)323/323/2023/13ނަންބަރު:

އިޢުލާން

 

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބުރެއް ބޭއްވުން

ޤާނޫނު ނަންބަރު: 2009/5 (އެއްގަމު  ދަތުރު ފަތުރުގެ ޤާނޫނު) އަށްރައްޔިތުން ހޭލުންތެރިކޮށް އަހުލުވެރި ކުރުވުމުގެ  ގޮތުންނާއި، ކުށް މަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ މަޤްޞަދުގައި، ރަށުގައި ތިބެގެން އަލަށް ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން (ބެޓްރީ ސައިކަލް، ސައިކަލް، ޓްރައި ސައިކަލް / ރަށު ޕިކަޕް، ޕިކަޕް އަދި ކާރު ފަދަ އެއްގަމު އުޅަނދު ) ލައިސަސް ބުރެއް މިރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، ތިރީގައި މިދަންނަވާ ކެޓަގަރީތަކުން (ކެޓަގަރީ: (AO, A1, B1, B3. C1, C3, C4 އަލަށް ލައިސަސްން ނަގަން ބޭނުންވާ ފަރާތްތަކުން، 2023 ޖޫން 07 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އެކަމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯރމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު:6600057 ފޯނާ ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

                                                                   ޢަލީ އަޒުހަރު   

                                                                 ފުޅަދޫ ކައުންސިލްގެ ރައީސް

25 މޭ 2023
ހޯދާ