މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެނޭޖަރ (ހއ.ދިއްދޫ ސްކިލްސް ޑިވެލޮޕްމެންޓް ސެންޓަރ)

އިޢުލާނު

މިމިނިސްޓްރީގެ ޕީ.އެސް.އައި.ޕީ  ގެ ދަށުން ހއ.ދިއްދޫގައި ތަރައްޤީކުރާ ސްކިލްސް ޑިވެލޮޕްމެންޓް ސެންޓަރު ހިންގުމަށާއި، މިތަން ހުޅުވުމަށްޓަކައި ޕްރީ އޯޕަނިންގ ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި މޮނިޓަރ ކުރުމަށްޓަކައި ބަޔާންކޮށްފައިވާ މަޤާމަށް މީހަކު ހޯދުން         

 

މަޤާމު:

މެނޭޖަރ

 

ބޭނުންވާ އަދަދު:

1

 

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ.ދިއްދޫ ސްކިލްސް ޑިވެލޮޕްމެންޓް ސެންޓަރ

ނޯޓް: ފުރަތަަމަ 4-6 ހަފްތާގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގައި.

 

މުސާރަ:

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • މުސާރަ: 13890ރުފިޔާ، ސާރވިސް އެލަވަންސް: 5,437.50 ރުފިޔާ
  • ޓެނުއަރޝިޕް އެލަވަންސް: 6000.00 ރުފިޔާ
  • ފޯން އެލަވަންސް: މަހަކު 500.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ސަރުކާރުން ކަނޑައަޅާ އުސޫލަކުން ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ.
  2. ދަތުރު ކުރަން ޖެހޭނަމަ، ސަރުކާރުން ހަމަޖައްސާފައި އުސޫލުން ދަތުރު ޚަރަދު.
  3. އިތުރު ގަޑީގެ އެލަވަންސް

 

އެހެނިހެން ޢިނާޔަތްތައް:

  1. ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މުސާރައިން ކަނޑާ ވަކި މިންވަރެއް ފެންޝަން ފަންޑަށް ޖަމާކުރެވެމުން ދާނެއެވެ.
  2. އަހަރެއްގެ މައްޗަށް މަސައްކަތު 30 (ތިރީސް) ދުވަހުގެ ޗުއްޓީ މުސާރަ ލިބޭ ގޮތަށް ލިބޭނެއެވެ.
  3. އަހަރެއްގެ މައްޗަށް 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ. (ސަލާމުގެ ޗުއްޓީ ނެގޭނީ ތިމާ ބަލިވެގެންނެވެ. މި ގޮތުން ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކު އެކަން ސުޕަރވިޒަރަށް އަންގަންވާނެއެވެ. ޖެހިޖެހިގެން 2 ދުވަހަށްވުރެން ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރެއްޖެ ނަމަ، ލައިސަންސް ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިއަކު އެ މުއްދަތަށް ދޫކޮށްފައިވާ ސަލާމުގެ ސެޓްފިކެޓެއް، މުސާރަ ދޭ ދުވަސް އައުމުގެ ކުރިން ހުށަހަޅަން ވާނެއެވެ.
  4. އާއިލާއަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އަދާކުރަންޖެހިއްޖެނަމަ އަހަރެއްގެ މައްޗަށް 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ.
  5. ނަންބަރު 2، 3، 4 ގައިވާ ޗުއްޓީތަކުގެ އިތުރު ދުވަހެއްގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ނުލިބޭނެއެވެ. މުސާރަ ނުލިބޭ ގޮތަށް 30 (ތިރީސް) ދުވަހަށްވުރެން އިތުރަށް ޗުއްޓީގައި ހުރެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓީ.އޯ.އާރު ގައި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމަނާފައިވާނެއެވެ.

 

 

ރިޕޯޓްކުރުން

  1. މެނޭޖަރ ވަޒީފާގެ މުއްދަތުގައި، ކަމާގުޅޭ ގޮތުން ރިޕޯރޓް ކުރާނީ ޑިރެކްޓަރ ޖެނެރަލްއަށެވެ.
  2. އިންސްޓިޓިއުޓްގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމާއި ހުށަހަޅަންޖެހޭ އެންމެހާ ރިޕޯޓްތައް، ކަމާބެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަމުން ގެންދެވޭކަން މެނޭޖަރ ކަށަވަރުކުރަންވާނެއެވެ.
  3. މެނޭޖަރު އާންމުކޮށް މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތަކީ ރަސްމީ ދުވަސްދުވަހުގެ 08:00 ން 14:00 އަށެވެ.
  4. ދަތުރެއްގައި އުޅޭއިރު އެ ދަތުރެއްގައި ކުރަން ކަނޑައެޅުނު މަސައްކަތެއް ކޮށް ނިންމުމަށް ވަގުތު ހޭދަކުރަންވާނެއެވެ.
  5. މެނޭޖަރގެ ރަސްމީ ގަޑީގެ ހެދުމަކީ، ސަރުކާރުގެ ރަސްމީ ހެދުމެވެ.

 

މަޤާމުގެ ޝަރުޠުތައް:

މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓީ.އޯ.އާރު ގައި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމަނާފައިވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭކަން ބަޔާންކުރާ ސިޓީއެއް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކާއި ޕޮއިންޓް ލިބޭނެގޮތް:

ހ.ސްކޫލެއް ނުވަތަ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގައި ނުވަތަ މެނޭޖްމެންޓްގައި ނުވަތަ ޕޮލިސީ ލެވެލްގައި ލިބިފައިވާ ތަޖުރިބާ.

(އަހަރަކަށް 5 މާކްސް ، 30 މާކްސްއަށް ވުރެ އިތުރު ނުވާނޭހެން)

 

30 ޕޮއިންޓް

ށ. މެނޭޖްމަންޓް ދާއިރާއިން ލިބިފައިވާ ލެވެލް 9 ގެ ސެޓްފިކެޓް.

15 ޕޮއިންޓް

ނ. ތަޢުލީމީ ދާއިރާއިން ދަށްވެގެން ލެވެލް 7 ގެ ސެޓްފިކެޓް.

10 ޕައިންޓް

ރ.ޓިވެޓް ދާއިރާގެ ކިޔަވައިދިނުމުގެ ތަޖްރިބާ

05 ޕޮއިންޓް

މަތީގައިވާ ގޮތަށް ޕޮއިންޓް ދިނުމުން އެންމެ ގިނަ ޕޮއިންޓް ލިބޭ 3 ފަރާތެއް އިންޓަރވިއުކުރެވޭއެވެ.

ބ. އިންޓަވިއު/ ޓެސްޓް

40 ޕޮއިންޓް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް ޝައުޤުވެރިވާ ފަރާތް ތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 04 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި ސުންގަޑި ހަމަވުމުގެ ކުރިން މި މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ސަރުކާރުން ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުވާނެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 3 ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާން އޮންނާނީ 05 ޖޫން 2023 އާއި 05 ޖުލައި 2023 އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ޢުމަރު ޒާހިރު އޮފީސް ބިލްޑިންގ، އޯކިޑުމާ ހިނގުން، ހުޅުމާލެ 5ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަދި ޓެސްޓަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

25 މޭ 2023
ހޯދާ