ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓީ 20 ޕްރިމިއާރ ލީޤް މުބާރާތާއި ގުޅޭ

 

ޓީ 20 ޕްރިމިއާރ ލީޤް މުބާރާތާއި ގުޅޭ

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ ޓީ 20 ޕްރިމިއާރ ލީޤް ކްރިކެޓް މުބާރާތް، 7 ޖުލައި 2023  ވާ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

މި ލީޤްގައި ކުޅުމަށް ހަމަޖެހިފައިވަނީ  2022 ވަނަ އަހަރުގެ ޓީ20 ޕްރިމިއާރ ލީގް ގެ އެންމެ މޮޅު 6 ޓީމެވެ. މި ޓީމް ތަކަކީ މިލާން ކްރިކެޓް އެކަޑަމީ، މާލެ ވެޓަރެންސް ކްލަބް، މާލެ ސްޕޯޓްސް ކްލަބް، ސީ.ބީ.އެލް ސްޕޯޓްސް، ވިޔަންސާ އަދި އޮފް.އެފް .ސީ އެވެ.  މި 6 ޓިމަށް ވަނީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކްލަބްތައް 22 ޖޫން 2023 ވާ  ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އީމެއިލް އަކުން ނުވަތަ ސިޓީއަކުން މި ބޯރޑަށް ހުށައަޅާ، އަދި  29 ޖޫން 2023  ވާ ބުރާސްފަތި ދުވަހުގެ  15:00 ގެ ކުރިން ޓީމު ލިސްޓް މިބޯޑަށް ހުށައެޅުން އެދެމެވެ.

 

ޓީމް ލިސްޓް ހުށައަޅާއިރު ތިރީގައިވާ މައުލޫމާތުތައް އެކުލަވާލަންވާނެއެވެ.

1. ސްޓޭމްޕް ޖައްސަވައި ސޮއި ކުރެއްވުން

2. ޓީމް ލިސްޓްގައި ( ކުޅުންތެރިންގެ ފުރިހަމަ ނަން، އުފަން ތާރީޙު އަދި ޕާސްޕޯޓް ނަންބަރު / އައިޑީ ކާރޑް ނަންބަރު / ވޯކް ޕާމިޓް ނަންބަރު ޖެހުން )

3. ޓީމުގެ ކެޕްޓަން އަދި މެނޭޖަރު ވަކިން އެނގޭނޭ ގޮތަށް ޓީމްލިސްޓްގައި ފާހަގަ ކުރެއްވުން

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 7774761 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

 

25 މޭ 2023
ހޯދާ