ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023

 ކުމުންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކުމުންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ އާއްމު ބައްދަލަވުމުން ވަނީ ނިއްމާފައެވެ.

                 މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 15 އޮކްޓޯބަރ 2023 އެވެ. މުބާރާތުގެ ހިންގާ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުގެ ފުރުޞަތު އިޢުލާނު ކުރެވޭނެ ވާހާކަވެސް ދަންނަވަމެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 މޭ 2023
ހޯދާ