ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޢިޢުލާން

ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

             ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި، ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

2 ފާޚާނާގެ ކޮންޕްލީޓް މަސައްކަތް.

2 ޗޭންޖިންގ ރޫމްގެ ކޮންޕްލީޓް މަސައްކަތް.

2 ކޯޓް މެޓް އެޅުން

4 ބެންޗް ހެދުން

20 ލައިޓްލުން ކަރަންޓްވައިރު ކުރުމާއެކު.

4 އެގްޒޯސް ހަރުކުރުން

             ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ޖޫން 01ވަނަ ދުވަހުގެ 13.00އަށް މިކައުންސިލަށް ވަޑައިގެން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ޖޫން 08ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢޫލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކާކުކަން އެނގޭނެ ލިޔުމެއް ހިފައިގެން އެހެން މީހެއްގެ ބަދަލުގައި އާދެވިދާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޛުލްޤަޢިދާ 1444

24 މޭ 2023
ހޯދާ