މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މަޑުއްވަރިން ކްލަބް ޖަމުއިއްޔާތަކުގެ އިދާރާތައް އެޅުމަށާއި ، ކްލަބް ޖަމުއިއްޔާތަކުގެ އިދާރީ ހިންގުން ރަނގަޅުކުރުމަށް ބިން ދޫކުރުމުގެ އުޞޫލު

ތަޢާރަފް

1

 

 

މި އުސޫލަކީ ، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނާއި ޚިލާފުނުވާގޮތުގެ މަތީން މުލަކަތޮޅު މަޑުއްވަރީގައި ހިންގާ މ.މަޑުއްވަރިއަށް ނިސްބަތްވާ ކްލަބު ޖަމުއިއްޔާތަކަށް ، އެ ޖަމުއިއްޔާތަށް ހިންގުމަށް ބިން ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ބިން ދޫކުރުމުގެ އުޞޫލެވެ.

ނަން

2

 

 

މި އުޞޫލަށް ކިޔާނީ " މުލަކަތޮޅު މަޑުއްވަރިން ކްލަބް ޖަމުއިއްޔާތަކުގެ އިދާރާތައް އެޅުމަށާއި ، ކްލަބް ޖަމުއިއްޔާތަކުގެ އިދާރީ ހިންގުން ރަނގަޅުކުރުމަށް ބިން ދޫކުރުމުގެ އުޞޫލު"  މިހެންނެވެ.

މަޤްޞަދު

3

 

 

މ.މަޑުއްވަރީގައި ހަރަކާތްތެރިވަމުންގެންދާ ކްލަބް ޖަމުއިއްޔާތަކަށް ހަމަހަމަކަމާއެކު ، މ.މަޑުއްވަރީގައި ބިން އޮތް މިންވަރުން ބިންދޫކުރުމެވެ.

އުސޫލު ތަންފީޒު ކުރުމާއި އުސޫލަށް ޢަމަލުކުރަން ފެށުން

4

 

 

މި އުޞޫލް ހިންގާ ތަންފީޒު ކުރާނީ މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނެވެ. މި އުސޫލަށް ޢަމަލުކުރަންފަށާނީ މި އުސޫލު ކައުންސިލްގެ އާންމު ބައްދަލުވުމުން ފާސްކުރުމަށްފަހު ، ގެޒެޓްކުރާ ތާރީޙުން ފެށިގެންނެވެ.

ބިން ދޫކުރުމުގައި ބަލާނެ ކަންކަމާއި ، ހުށަހަޅަންޖެހޭ ލިޔުންތައް

5

ހ

 

މ.މަޑުއްވަރީގައި ހިންގާ ، މ.މަޑުއްވަރިއަށް ނިސްބަތްވާ ކްލަބް ޖަމުއިއްޔާތަކުގެ ތެރެއިން އެ ކްލަބު ޖަމުއިއްޔާއެއް ރަޖިސްޓްރީކޮށްގެން މ.މަޑުއްވަރީގައި ހިންގާތާ 6 އަހަރުވެފައިވާ ކްލަބް ޖަމުއިއްޔާއަކަށްވާންވާނެއެވެ.

 

 

ށ

 

ބިން ހޯދުމަށް އެދުނު ކްލަބް ޖަމުއިއްޔާއިން މ.މަޑުއްވަރީގައި މީގެ ކުރިން ހިންގާފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހަޅުއްވަންވާނެއެވެ.

 

 

ނ

 

ބިން ދޫކުރާނީ ބިމާބެހޭ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ، އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށެވެ.

 

 

ރ

 

ކްލަބް ޖަމުއިއްޔާތަކުގެ ޤަވާއިދާއި އެއްގޮތަށް އެ ކްލަބް ޖަމުޢިއްޔާތަކުން ހުށަހަޅުއްވަންޖެހޭ އަހަރީ ރިޕޯޓް ގަވާއިދުން ހުށަހަޅާ ކްލަބް ޖަމުއިއްޔާއަކަށް ވާންވާނެއެވެ. ބިމަށް އެދި ހުށަހަޅުއްވާއިރު ފާއިތުވި 6 އަހަރު ދުވަހުގެ އަހަރީ ރިޕޯޓްތައް ހުށަހަޅުއްވާފައިވާ ކަން ނުވަތަ ނޫންކަން އަންގައިދޭ ލިޔުމެއް ، ރިޕޯޓް ހުށަހަޅުއްވާފައިވާނަމަ ހުށަހަޅުއްވާފައިވާ ތާރީޙު އެނގޭނެ ގޮތަށް ހުށަހަޅަންވާނެއެވެ.

 

 

ބ

 

މ.މަޑުއްވަރީގެ ތަރައްޤީގެ ޕްލޭންގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ކްލަބް ޖަމުއިއްޔާއިން ލީޑްކޮށްގެން މީގެ ކުރިން ކުރިޔަށް ގެންގޮސް ހާސިލުކޮށްފައިވާ ކަންކަން އަންގައިދޭ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

ބިން ކަނޑައެޅުމާއި ބިން ދޫކުރުން

6

ހ

 

ކްލަބް ޖަމުއިއްޔާތަކަށް މ.މަޑުއްވަރިން ދޫކުރެވޭނީ ކްލަބް ޖަމުއިއްޔާތަކަށް ބިން ދޫކުރުމަށް ނިންމާފައިވާ އޭރިޔާއިން ، ބިން ހުރި ނިސްބަތުން 1200 އަކަފޫޓަށްވުރެ ބޮޑުނޫން ބިމެކެވެ.

 

 

ށ

 

ކްލަބް ޖަމުއިއްޔާތަކަށް ދޫކުރާ ބިމުން އެއްވެސް ކުއްޔެއް ނުނަގާނެއެވެ.

ބިމަށް އެދި ހުށަހެޅުން

 

7

ހ

 

ބިމަށް އެދި ހުށަހަޅާނީ ކައުންސިލްގެ އިދާރާއިން އިޢުލާންކުރުމުންނެވެ. ކައުންސިލުން ކްލަބް ޖަމުއިއްޔާތަށް ހިންގުމަށް ދޫކުރުމަށް ނިންމާފައިވާ އޭރިޔާގައި ހުސްކޮށް ބިން ހުރިނަމަ ކޮންމެ އަހަރަކުވެސް ކައުންސިލުން ބިން ބޭނުންވާ ކްލަބް ޖަމުއިއްޔާތަކަށް އެ ފުރުޞަތު ހުޅުވާލައި އިޢުލާންކުރަންވާނެއެވެ.

 

 

 

 

މ.މަޑުއްވަރީގައި ކްލަބް ޖަމުއިއްޔާ ރަޖިސްޓްރީކޮށްގެން ހިންގާތާ 6 އަހަރުވުމަށްފަހު ، ބިން ބޭނުންވެ ކައުންސިލަށް ސިޓީ ފޮނުވިދާނެއެވެ. ކައުންސިލަށް ސިޓީލިބުމުން އެކަމަށް ގޮތެއް ނިންމަންވާނެއެވެ.

ބިންދޫކުރާ މުއްދަތު

8

ހ

 

ކްލަބް ޖަމުއިއްޔާތަކަށް މި އުސޫލުގެ ދަށުން ދޫކުރެވޭ ބިމުގެ މުއްދަތަކީ 10 އަހަރުދުވަހުގެ މުއްދަތެވެ.

އަދި މި 10 އަހަރު ހަމަވުމަށްފަހު ، އެ ކްލަބް ޖަމުއިއްޔާއަށް އެ ބިން އިތުރު 5 އަހަރު އިޢުލާންކުރުމަކާއި ނުލާ ދޫކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ބިން ލިބޭ ކްލަބް ޖަމުއިއްޔާއިން ބިން ލިބިފައިވާ މުއްދަތުގައި ހުށަހަޅަންޖެހޭ ލިޔުންތަކާއި ، މި އުސޫލަށް އަމަލުކުރަން ފެށުމާއި ބިމަށް އެދޭ ކްލަބް ޖަމުއިއްޔާތަކުން އަމަލުކުރަންޖެހޭ ކަންކަން

9

ހ

 

ބިން ލިބޭ ކްލަބް ޖަމުއިއްޔާއިން ކޮންމެ އަހަރަކުވެސް މ.މަޑުއްވަރީގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން މަދުވެގެން 1 ހަރަކާތް މ.މަޑުއްވަރީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންގޮސް ނިންމައި ، ނިންމިކަމުގެ ލިޔުން ކައުންސިލުން ހޯދަންވާނެއެވެ.

 

 

ށ

 

ކްލަބް ޖަމުއިއްޔާތަކުގެ ޤަވާއިދާއި އެއްގޮތަށް އެ ކްލަބް ޖަމުޢިއްޔާތަކުގެ އަހަރީ ރިޕޯޓް މިނިސްޓްރީއަށް ހުށަހަޅުއްވަމުން ގެންދަންވާނެއެވެ. އަދި އެ ރިޕޯޓް މިނިސްޓްރީއަށް ހުށަހެޅުއްވި ތާރީހު އަންގައިދޭ ލިޔުމާއި އެކު ކައުންސިލަށް ހުށަހަޅުއްވަންވާނެއެވެ.

 

 

ނ

 

ކްލަބް ޖަމުއިއްޔާތަކުގެ ޤަވާއިދާއި އެއްގޮތަށް އެ ކްލަބް ޖަމުޢިއްޔާތަކުގެ އަހަރީ ރިޕޯޓް މިނިސްޓްރީއަށް ހުށަހެޅުމަށް އޮންނަ މުއްދަތުގައި ހުށަނާޅާ ކްލަބް ޖަމުއިއްޔާތަކަށް ބިމަށް އެދި ހުށަހެޅުމުން ، އެ ހުށަނާޅާ ލަސްވި އަހަރަށް ، އަހަރެއްގެ މަގުން ބިމަށް ޝަރުޠު ހަމަވުން ފަސްވާނެއެވެ.  

ބިން ވަކިކުރެވޭނެގޮތް

10

 

 

މި އުޞޫލުގެ ދަށުން ދޫކުރާ އެއްވެސް ބިމެއް ، ބިން ދޫކުރެވިފައިވާ ކްލަބް ޖަމުއިއްޔާއަކުން ވަކިކުރެވޭނީ ތިރީގައި މި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

ހ

 

ބިން ދޫކޮށްފައިވަނިކޮށް އެއްވެސް ސަބަބަކާ ހުރެ އެ ކްލަބް ނުވަތަ ޖަމުއިއްޔާ އުވާލުން

 

 

ށ

 

ބިން ދޫކޮށްފައިވާ ކްލަބް ޖަމުއިއްޔާއަކުން އެ ބިން ދޫކޮށްލިކަން ކަށަވަރުވާ އެ ފަރާތުގެ ރަސްމީ ލިޔުމެއް ކައުންސިލަށް ފޮނުވުން

 

 

ނ

 

ބިން ދޫކޮށްފައިވާ ބޭނުން ނޫން ކަންކަމުގައި އެ ބިން ބޭނުންކުރާކަމުގައިވާނަމަ އެކަން އިޞްލާޙުކޮށް ކުރުމަށް 2 މަސްދުވަހުގެ ފުރުޞަތުދިނުމަށްފަހު އެކަން އިޞްލާހުކޮށްފައިނުވުން

 

 

ރ

 

ބިން ހަވާލުކުރާތާ ގިނަވެގެން 1 އަހަރުތެރޭގައި އެ ބިމުގައި ކްލަބް ޖަމުއިއްޔާގެ އިދާރީ އޮފީސް އަޅައި އިދާރީ ހިންގުން އެ ބިމަށް ބަދަލުކޮށްފައިނުވުން

 

 

ބ

 

ބިން ކްލަބް ޖަމުއިއްޔާއަށް ދޫކޮށްފައިވާ 10 އަހަރުގެ މުއްދަތު ހަމަވުމުން ، އިތުރަށް އެ ބިން އެ ކްލަބް ޖަމުއިއްޔާއަކަށް ދިނުމަށް ކައުންސިލަށް ނުފެނުން

ބިންވަކިވާއިރު އެ ބިމުގައި ހަދާފައިވާ / ހަދަންފަށާފައިވާ ބިނާތަކާއި ނުއުފުލޭ މުދަލުގެ ބަލަދުވެރިކަން ބަދަލުވެގެންދާ ގޮތް

11

ހ

 

މި އުޞޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބިންވަކިވާއިރު އެ ބިމުގައި ހަދާފައިވާ ނުވަތަ ހަދަންފަށާފައިވާ ބިނާތަކާއި ( އިމާރާތްތަކާއި ) ، ނުއުފުލޭ އެންމެހާ މުދަލުގެ މިލްކުވެރި ފަރާތަކަށްވާނީ މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއެވެ.

 

 

ށ

 

މި މާއްދާގެ (ހ) ގެ ދަށުން މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ބަލަދުވެރިކަން ބަދަލުވެގެން އަންނަ އެއްވެސް މުދަލެއްގެ ބަދަލެއް އެއްވެސް ފަރާތަކަށް މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ އިން ދައްކާކަށް ނުޖެހޭނެއެވެ.

ބިން ލިބޭ ފަރާތްތަކަށް އެ ބިމުގައި ކުރެވޭނެ ކަންކަމާއި ، އިމާރާތްކުރުމަށް ބޭނުންކުރެވޭނެ ގޮތްތަކާއި ، އިމާރާތަށް ބަދަލުނުގެނެވޭނެ މުއްދަތު

12

ހ

 

ދޫކުރެވޭ ބިމުގައި އެ ކްލަބް ޖަމުއިއްޔާގެ އިދާރާ އިމާރާތްކުރުމަށްފަހު ، ބާކީ އޮތް ބިމުގެ ޖާގައިގާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ، ޤަވާއިދުތަކާއި ކައުންސިލްއިން ހަދާފައިވާ އުސޫލުތަކާއި އެއްގޮތް މަސައްކަތްތަކަށާއި ، ކަންކަމަށް ބޭނުންކުރެވޭނެއެވެ.

 

 

ށ

 

ދޫކޮށްފައިވާ ބިމުގައި އެ ކްލަބް ޖަމުއިއްޔާއަކަށް ، މ.މަޑުއްވަރީ ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ބުރި ބުރިއަށް ބިމުގައި އިމާރާތްކުރެވޭނެއެވެ. އިމާރާތްކުރުމުގެ ކުރިން އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތައް ޗާޓްތައް ކައުންސިލަށް ހުށަހަޅާ ހުއްދަ ހޯދަންޖެހޭނެއެވެ.  

 

 

ނ

 

ބިމުގައި ކުލަބު ޖަމުއިއްޔާއިން ކޮށްފައިވާ އިމާރާތްތަކަށް ބަދަލުގެނެވޭނީ ( ތަޅާލުން ، ސްޓްރަކްޗަރ އަށް ގެނެވޭ ބަދަލުތައް ) ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރެއިން 8 އަހަރު ހަމަވަންދެންނެވެ. 8 އަހަރަށްފަހުގައި އިމާރާތަށް ބަދަލެއް ގެނެވޭނީ ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

އުޞޫލަށް އުނިއިތުރު ގެނައުން

13

ހ

 

މި އުޞޫލަށް އުނިއިތުރު ގެނެވޭނީ ، މި އުޞޫލުގެ ދަށުން ދޫކޮށްފައިވާ ބިންތައް ދޫކޮށްފައިވާ އެއްވެސް ކްލަބް ޖަމުއިއްޔާއެއްގެ ހައްޤަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތީން އެކަމަށް ކައުންސިލްގެ އާންމު ބައްދަލުވުމަކަށް އެޖެންޑާކޮށް އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޤްލަބިއްޔަތުން ފާސްކުރުމުންނެވެ.

މާނަކުރުން

14

ހ

 

މި އުސޫލުގައި އެހެންގޮތަކަށް ބުނެފައިވާ ނުވާހާ ހިނދު ކައުންސިލް ކަމަށް ބުނެފައިވަނީ ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން އުފައްދާފައިވާ މުލަކަތޮޅު މަޑުއްވަރީ ކައުންސިލަށެވެ.

 

 

ށ

 

މި އުސޫލުގައި އެހެންގޮތަކަށް ބުނެފައިވާ ނުވާހާ ހިނދު ކްލަބް ޖަމުއިއްޔާތަށްކަމަށް ބުނެފައިވަނީ ޖަމުއިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް މުލަކަތޮޅު މަޑުއްވަރީގައި ހިންގަމުން ގެންދާ ކްލަބް ޖަމުއިއްޔާތަކަށެވެ.

24 މޭ 2023
ހޯދާ