މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމްޢިއްޔާ ޖަމާއަތްތަކަށް ކެނދިކުޅުދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

ޖަމްޢިއްޔާ ޖަމާއަތްތަކަށް ކެނދިކުޅުދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

 

ތައާރުފާއި ނަން

  1.  

(ހ)

މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (މ) ގެ ދަށުން ބާރުލިބިގެން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ އިން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކި ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތައް ދޫކުރުމުގައި މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލުން ޢަމަލުކުރާނޭ ގޮތްތަކާއި، ހަމަތައް ބަޔާންކުރުމުގެ އުސޫލެވެ.  

 

 

 

(ށ)

މި އުސޫލަށް ކިޔާނީ، "ޖަމްޢިއްޔާ ޖަމާއަތްތަކަށް ކެނދިކުޅުދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

މަޤުސަދު

  1.  

 

މި އުސޫލުގެ މަޤުސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

 

 

 

(ހ)

ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ބިންދޫކުރުމުގައި އަދި ބިންތައް ދޫކުރުމުގައި، ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ބިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

 

 

 

(ށ)

ޖަމްޢިއްޔާ ޖަމާޢަތްތަކަށް، ބިން ދޫކުރުމާއި، އަދި ދޫކޮށްފައިވާ ބިންތައް އެކަށީގެންވާ ރަގަޅު ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބިން ބޭނުންކުރުމުގައި ބިން ދޫކޮށްފައިވާ ފަރާތް ޒިންމާދާރުވުމާއި، ބިމުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ކުރަމުންދޭތޯ ބަލައި ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން.

 

 

 

(ނ)

ޖަމްޢިއްޔާ ޖަމާޢަތްތަކަށް، ބިން ދޫކޮށް ފަހިކޮށްދެވޭ ފުރުޞަތުގެ ތެރެއިން އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުން ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ހިއްސާވާ މިންވަރު އިތުރުކުރުން.

 

އުސޫލު ތަންފީޒުކުރުން

  1.  

 

މި އުސޫލު ހިންގާ ތަންފީޒުކުރާނީ، ކެނދިކުޅުދޫ ކައުންސިލް އިދާރާއިންނެވެ.

 

ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް

  1.  

(ހ)

ކެނދިކުޅުދޫގެ ލޭންޑް ޔޫސް ޕްލޭން ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކެނދިކުޅުދޫއިން ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، މި އުސޫލުގެ  ޖަދުވަލު 1 ގައި ތަފްޞީލް ކުރެވިފައިވާ ޖުމްލަ (02) ބިމެވެ.

 

 

 

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން ދޫކުރާ ބިންތަކުގެ  ބޮޑުމިން، 1400 (އެއް ހާސް ހަތަރުސަތޭކަ) އަކަފޫޓައްވުރެ ބޮޑުވެގެން ނުވާނެއެވެ.

 

ކައުންސިލުން ބިން ދޫކުރުމުގައި ޢަމަލުކުރާނޭ ހަމަތައް

  1.  

(ހ)

މި އުޞޫލުގެ 7 ވަނަ މާއްދާގެ ދަށުން ޖަމްޢިއްޔާ ޖަމާއަތްތަކުން ހުށަހަޅާ ހުށަހެޅުންތަކާއި ގުޅިގެން ކައުންސިލްގެ ފަރާތުން ބިން ދޫކުރާނީ، އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް މި އުސޫލާއިއެކު ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕޮއިންޓް ދިނުމުން،  އެންމެ މަތިން ޕޮއިންޓް ލިބޭ ޖަމްޢިއްޔާ ޖަމާއަތްތަކަށް އިސްކަންދީގެންނެވެ.

 

 

 

 

(1)

މީހުން ބިނާކުރުމާއި ފަންނުވެރި ކުރުމުގެ ގޮތުން މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ ޖަމުޢިއްޔާ ނުވަތަ ޖަމާއަތެއް ކަމުގައިވުން؛

 

 

 

 

(2)

އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގާ ޖަމުޢިއްޔާ ނުވަތަ ޖަމާއަތެއް ކަމުގައިވުން؛

 

 

 

 

(3)

ރަށުގެ ތަރަށްގީއާއި، ރައްޔިތުންގެ ލާބައަށް މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ ޖަމުޢިއްޔާ ނުވަތަ ޖަމާއަތެއް ކަމުގައިވުން؛

 

 

 

(ށ)

މި އުސޫލުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ޖަމްޢިއްޔާ ޖަމާއަތްތަކަށްވެސް ދޫކުރެވޭނީ 1 (އެކެއް) ބިމެވެ.

 

 

 

(ނ)

މި އުސޫލުގެ ދަށުން ބިން ހޯދުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުންމި އުސޫލުގެ  7 ވަނަ މާއްދާގެ ދަށުން އެދި ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެން އެޖަމްޢިއްޔާ ޖަމާއަތްތަކަށް  ދޫކުރާނެ ބިން ކަނޑައަޅާނީ ކައުންސިލުންނެވެ.

 

ބިން ހޯދުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުން އެދުން

  1.  

(ހ)

މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ހޯދުމަށް އެދޭ ޖަމްޢިއްޔާ ޖަމާއަތްތަކުން އެދެންވާނީ، ކައުންސިލުން އެކަމަށް ކަނޑައަޅާ ހާއްސަކޮށް، ޢާންމުކޮށްފައިވާ ފޯމު ފުރިހަމަކޮށް އެ ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކަކާއި އެކު ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ.

 

 

 

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލަށް ލިބޭ ހުށަހެޅުންތަކާއި ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ބިން ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ގިނަވެގެން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، ބިން ދޫކުރުމާއި ގުޅޭގޮތުން ނިންމި ގޮތް އެ ހުށަހެޅި  ފަރާތައް ލިޔުމުން އަންގަންވާނެއެވެ.

 

ބިން ހޯދުމަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ޖަމާއަތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް

  1.  

 

މި އުސޫލުގެ ދަށުން ކައުންސިލުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ކަނޑައެޅިފައިވާ ބިން ހޯދުމަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި  އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

 

 

(ހ)

ޤާނޫން ނަންބަރ 2022/3 ޖަމްޢިއްޔާތަކުގެ ޤާނޫނު އަދި އެ ޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބަލަހައްޓާ ޖަމްޢިއްޔާ  ތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކަށް ވުމާއިއެކު، އެއްވެސް ސަބަބަކާއި ހުރެ އުވާލުމާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރަން ފަށާފައިވާ ޖަމްޢިއްޔާ ޖަމާއަތެއްކަމުގައި ނުވުން.

 

 

(ށ)

އެ ޖަމްޢިއްޔާ ޖަމާޢަތެއްގެ ހިންގާ ޤަވާއިދާއި އެއްގޮތަށް ޢާންމު ޖަލްސާތަށް ބޭއްވި ޔައުމިއްޔާ ލިޔެ، ބަލަހައްޓާފައިވާ ޖަމްޢިއްޔާ ޖަމާއަތަކަށްވުން.

 

 

(ނ)

އެ ޖަމްޢިއްޔާ ޖަމާޢަތެއެއްގެ ހިންގާ ޤަވާއިދާއި އެއްގޮތަށް ހިންގާ ކޮމެޓީގެ ޖަލްސާތައް ބޭއްވި ޔައުމިއްޔާ ލިޔެ، ބަލަހައްޓފައިވާ ޖަމްޢިއްޔާ ޖަމާއަތަކަށްވުން.

 

ދޫކުރެވޭ ބިމަށް ކުލި ނެގުން

  1.  

 

މި އުސޫލުގެ ދަށުން ޖަމްޢިއްޔާ ޖަމާއަތަށް ދޫކުރެވޭ ކޮންމެ ބިމަކަށްވެސް، އަކަފޫޓަކަށް 0.15 ލ (ފަނަރަ ލާރި)  ބިމުކުލީގެ ގޮތުގައި  ކޮންމެ މަހަކު ދައްކަންވާނެވެ.

ބިން ދޫކުރެވޭ މުއްދަތު

  1.  

(ހ)

މި އުސޫލުގެ ދަށުން ބިން ދޫކުރެވޭނީ ގިނަވެގެން 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް އެދި ބިން ދޫކޮށްފައިވާ ފަރާތުން ކައުންސިލަށް ލިޔުމުން ހުށަހެޅުމުން، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަލުން އެބިމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

 

ބިން ދޫކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުން

  1.  

(ހ)

މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ޖަމްޢިއްޔާ ޖަމާއަތަށް ބިން ދޫކުރުމަށް ނިންމޭ ނިންމުކާއި ގުޅިގެން ބިން ޖަމްޢިއްޔާ ޖަމާއަތަށް ބިން ހަވާލުކުރަންވާނީ، މި އުސޫލުގެ  9  ވަނަ މާއްދާ އަދި  މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި ޚިލާފުނުވާނޭ ގޮތެއްގެ މަތިން ކައުންސިލާއި ބިން ދޫކުރެވޭ ފަރާތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

 

 

 

(ށ)

މި މާއްދާގެ (ހ) ގައި ބިން ދޫކުރުމުގެ ގޮތުން ކައުންސިލާއި ބިން ދޫކުރެވޭ ޖަމްޢިއްޔާ ޖަމާއަތާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައި އަންނަނިވި ޝަރުޠުތައް ކައުންސިލުން ހިމަނަންވާނެއެވެ.

 

 

 

 

(1)

ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ތަރަޙައިގެ ތެރޭގައިކަމާއި ބިމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރުން؛

 

 

 

 

(2)

ބިމުގައި ރަށުގެ ޢާންމު މަސްލަޙަތު ގެއްލޭފަދަ ކަންކަމާއި، އާންމު ރައްޔިތުންނަށް އުނދަގޫ ވާފަދަ ކަންކަން ނުކުރުން؛

 

 

 

 

(3)

ދޫކުރެވޭ ބިމުގައި، އިސްލާމް ދީނާއި ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ކަމެއް ނުވަތަ ޝިއާރެއް ބޭނުން ނުކުރުން؛

 

 

 

 

(4)

ދޫކުރެވޭ ބިމުގައި، ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ހީނަރުކަން ލިބިދާނެ ފަދަ، ނުވަތަ ބޭރު ޤައުމަކާއި ގުޅޭގޮތުން ނުވަތަ އެފަދަ ޤައުމަކަށް ނިސްބަތްވާ ރައްޔިތުންނާއި މެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭ ޒާތުގެ އެއްވެސް ކަމެއް ނުކުރުން؛

 

 

 

 

(5)

ދޫކުރެވޭ ބިން، ނުވަތަ ބިމުން ބައެއް ނަމަވެސް، ކުއްޔަށް ދޫކުރަންވާނީ އެބިމާއި ހަވާލުވާ ޖަމްޢިއްޔާ ޖަމާޢަތުގެ ބެލުމުގެ ދަށުން އެފަރާތުން ޖާމިނުވާގޮތަށެވެ. ދޫކުރާ ބިމުގައި ވިޔަފާރިކުރުމަށްޓަކައި ވިޔަފާރި ހަރަކާތް ހިންގަންފެށުމުގެ ކުރިން ކުރަންބޭނުންވާ މަސައްކަތްތަކާއި ބިމަށް ގެންނަންބޭނުންވާ ބަދަލު ބަޔާންކޮށް ކައުންސިލަށް ހުށައަޅައިގެން ހުއްދަ ހޯދަންވާނެއެވެ. އަދި މިއުސޫލުގެ ދަށުން ހުއްދަ ހޯދުމަކާއިނުލާ ކުރަމުންގެންދާ ވިޔަފާރި މަސައްކަތްތައް ހުއްޓުވުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

 

 

(6)

ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 6 (ހައެއް) މަސްދުވަސް ތެރޭގައި ބިން ބޭނުންކުރަން ފެށުމާއި، ބިމުގައި ޢަމަލީގޮތުން ޖަމްޢިއްޔާ ނުވަތަ ޖަމާޢަތުގެ ޙަރަކާތްތައް ހިންގަން ފެށުން.

 

 

 

 

(7)

އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، އެއްބަސްވުން ބާޠިލުކޮށް ބިން އަނބުރާ ކައުންސިލަށް ނެގުމާގުޅޭ ކަންކަން؛ އަދި

 

 

 

 

(8)

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި އުސޫލަކީ، އެކި ފަހަރު މަތިން މި އުސޫލަށް ގެނެވޭ އިސްލާޙުތައް ހިމެނޭގޮތުން، މި އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް ޝަރުޠުކުރުން.

 

ކުރިން ދޫކުރެވިފައިވާ ބިން އަތުލުން

  1.  

 

އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޖަމްޢިއްޔާ ޖަމާއަތަކަށް ކުރިން ދޫކުރެވިފައިވާ ބިން ދޫކުރުމަށް ވެވިފައިވާ އެއްބަސްވުން ބާޠިލުކޮށް ކައުންސިލަށް ބިން އަނބުރާ ނެގުމުގެ ބާރު ކައިންސިލަށް ލިބިގެންވެއެވެ.

 

 

 

(ހ)

ކައުންސިލާއި ބިން ދޫކުރެވޭ ޖަމްޢިއްޔާ ޖަމާއަތާއި ދެމެދު ވެވޭ އެއްބަސްވުމާއި ބިން ދޫކުރެވޭ ފަރާތުން ޚިލާފުވުން.

 

 

 

(ށ)

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ، ސަރުކާރުގެ ބޭނުމަށް ބިން ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުން.

 

 

 

(ނ)

ދޫކުރެވިފައިވާ ބިމުގައި ޖަމްޢިއްޔާ ޖަމާއަތުން އެއްވެސް ހަރަކާތްތައް ނުހިންގާތާ މީލާދީގޮތުން 1 އަހަރު ދުވަސް ފާއިތުވުން.

 

 

 

(ރ)

ޖަމްޢިއްޔާ ޖަމާއަތުން އެއްވެސް ހަރާކާތެއް ނުހިންގުން ނުވަތަ އެ ޖަމްޢިއްޔާ ނުވަތަ ޖަމާއަތް އުވާލުން.

 

ކުރިން ދޫކޮށްފައިވާ ބިންތައް ބޭނުންކުރުމުގައި މި އުސޫލަށް ޢަމަލުކުރުން

  1.  

(ހ)

މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކުރީގެ ރަށު އޮފީސް އަދި ކުރީގެ ކައުންސިލް ތަކުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކޮށްފައިވާ ބިންތައް، ބޭނުންކުރުމުގައި މި އުސޫލަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން މި އުސޫލާއި އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

 

 

 

(ށ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ނ.ކެނދިކުޅުދޫގެ ދެ އަވަށުގެ އަވަށު އޮފީސްތަކުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކޮށްފައިވާ ބިންތައް ބޭނުންކުރުމުގައި މި އުސޫލާއި އެއްގޮތަށް ޢަމަލުކުރާކަން ބެލުމަށްޓަކައި، އެފަދަ ބިންތަކާ ގުޅޭގޮތުން އަންނަވި ކަންކަން ފުރިހަމަކުރަން އެންގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

 

 

(1)

ބިންތައް ދޫކޮށްފައިވާ ފަރާތްތަކާއެކު މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްބަސްވުމެއް ހެދުން؛

 

 

 

 

(2)

ބިން ދޫކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތް ހިންގުމާ ގުޅޭގޭގޮތުން މި އުސޫލުގެ 7 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފާއިތުވި އަހަރު ފުރިހަމަ ކޮށްފައިވާ ގޮތް އެގޭނެ ލިޔުން ހުށަހެޅުން؛

 

 

 

(ނ)

މި މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް އެފަދަ ބިންތައް ދޫކުރެވިފައިވާ ފަރާތްތަކަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

 

 

(ރ)

މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހު، މި މާއްދާގެ (ނ) ގައިވާ މުއްދަތު ފާއިތުވާއިރު، ބިންތައް ދޫކުރެވިފައިވާ ފަރާތުން އެ ކަންކަން ފުރިހަމަކޮށްފައިނުވާނަމަ، ނުވަތަ އެ ކަންކަން ފުރިހަމަކުރުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކަށް ދޫކުރެވިފައިވާ ބިން ކައުންސިލަށް ނެގޭނެއެވެ.

 

މާނަކުރުން

  1.  

 

މި އުޞޫލުގައި އެހެންގޮތަކަށް ބަޔާންކުރެވިފައިނުވާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވާނީ، އަންނަނިވި މާނަކުރުމެވެ.

 

 

 

(ހ)

މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ.

 

 

 

(ށ)

" ޖަމްޢިއްޔާ ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2023/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރ: 2015/R-180 ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ޖަމުޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިގެން ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ.

 

މާނަކުރުން

  1.  

 

މިއުސޫލަކީ ނ. ކެނދިކުޅުދޫ ކައުންސިލުން ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ރަށްވެހި ޚިދުމަތްތައް ދިނުމަށް ކަނޑައަޅާ އުސޫލެކެވެ. މިއުސޫލަށް ބަދަލުގެންނަން ޖެހިއްޖެ ޙާލަތެއްގައި ބަދަލު ގެނައުމާއި އުސޫލަށް ބައެއް އިތުރުކުރުމާއި، އުނިކުރުމާއި އަދި މިއުސޫލު ބާޠިލުކުރުމުގެ ބާރު ކެނދިކުޅުދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

ޢަމަލުކުރަން ފެށުން

  1.  

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

               

4   ޛުލްޤައިދާ   1444

24   މެއި     2023

24 މޭ 2023
ހޯދާ