މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލަށް ބިދޭސީ މަސައްކަތްތެރިން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ކެނދިކުޅުދޫ ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ 8 ބިދޭސީން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

މިކައުންސިލްގެ ވޭސްޓް މެނޭޖް ކުރުމަށް ބޭނުންވާ ބިދޭސީން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން އެފަރާތަކީ ރާއްޖޭން ބޭރުން މީހުން ގެންނަން ސަރުކާރުގެ ހުއްދަ އޮތް ފަރާތަކަށް ވާންވާނެއެވެ.

ވީމާ، ބަޔާންކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 ޖޫން 2023 ވާ އާދިއްތަދުވަހު 13:00 އަށް އަގު ބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

ހުށައަޅަން ޖެހޭ ތަކެތި

  • ޕްރޮޕޯސަލް ފޯރމް
  • ޕްރޮޕޯސަލް
  • ކުންފުނި / ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް
  • ބިދޭސީން ގެނައުމުގެ ހުއްދަ (މުއްދަތު ހަމަނުވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ

ޕްރޮޕޯސަލް ހުށަހެޅުން

  • ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 04 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. މެއިލް ކުރަށްވާނީ [email protected] އަށެވެ.
  • ޕްރޮޕޯސަލް ހުށަހަޅަންވާނީ 1 (އެއް) މަސްދުވަހަށް މީހަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށެވެ.

މާކްސް ދިނުން

  • ހުށަހަޅާ އަގަށް %40 (ސާޅީސް ޕަސަންޓް)
  • ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު  %60 (ފަސްދޮޅަސް ޕަސަންޓް)

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

4  ޛުލްޤައިދާ  1444

24  މެއި    2023

24 މޭ 2023
ހޯދާ