ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަފާސް ހިސާބު ނެގުމާބެހޭ އުޞޫލު

 

ތަފާސް ހިސާބު ނެގުމާބެހޭ އުޞޫލު

(ހ) މިއީ ކޮޅުމަޑުލު ގުރައިދޫގައި ތަފާސްހިސާބާބެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ހިންގުމާބެހޭ އުސޫލެވެ.

 

1.

ތަޢާރަފާއި ނަން 

(ށ) މި އުޞޫލަށް ކިޔަނީ "ތ. ގުރައިދޫ ތަފާސް ހިސާބު ނެގުމާބެހޭ އުޞޫލު" އެވެ.

 

 

(ހ) ކޮޅުމަޑުލު ގުރައިދޫގެ އިޤްތިޞާދީ، އިޖުތިމާޢީ ޙާލަތު އަންގައިދޭ މުހިންމު ތަފާސް ހިސާބު ރަށު ފެންވަރުގައި ހޯދައި ބެލެހެއްޓުން؛

2.

މަޤުސަދު

(ށ) ރަށުގެ ސިޔާސަތުތައް އެކުލަވާލައި އޭގެ ނަތީޖާތައް ހާސިލުކުރެވޭ މިންވަރު ވަޒަންކުރުމާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބު، ސައްހަކަމާއެކު އިތުބާރުހުރި ގޮތެއްގައި ފޯރުވައިދިނުން؛

 

 

(ނ) ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ ދައިރާތަކަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އިގުތިސާދީ، އިޖުތިމާއީ، ތިމާވެއްޓާއި އާބާދީއާބެހޭ ތަފާސްހިސާބު ފޯރުވައިދިނުމާއި ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކާއި އާންމު ފަރުދުންނަށް ކޮޅުމަޑުލު ގުރައިދޫގެ ކަންކަން ވަޒަންކުރުމަށް ބޭނުންވާ ތަފާސްހިސާބު ފޮރުވައިދިނުން؛

 

 

 

ތަފާސްހިސާބު އެއްކުރުމުގެސަރވޭ ކުރެވޭނީ ތަފާސްހިސާބާބެހޭ މައި އިދާރާއިން ހުއްދަ ހޯދައިގެންނެވެ. މިހުއްދައަށް އެދޭނީ ތަފާސްހިސާބާބެހޭ މައި އިދާރާއިން ދޫކުރާ ސަރވޭ ކުރުމުގެ ހުއްދައަށް އެދޭ ފޯމުންނެވެ.

 

3.

ސާރވޭ ކުރުމުގެ ހުއްދަ

(ހ) ތަފާސް ހިސާބުގެ މަސައްކަތް ކުރަންވާނީ ތަފާސް ހިސާބު އެއްކުރުމުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

4.

ތަފާސް ހިސާބު އެއްކުރުން

(ށ) ތަފާސްހިސާބުގެ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަންވާނީ، އެކަމުން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ އެންމެ ކުޑަވާނެ ގޮތަކަށެވެ.

 

 

(ނ) ސަރވޭކުރުމަށް އައްޔަން ކުރެވޭ އޮފިސަރެއް ނުވަތަ ހުއްދަދެވިފައިވާ މުވައްޒަފަކަށް ބޭނުންވާ މައުލޫމާތު، އާންމުންގެ ފަރާތުން ހޯދާނީ، މަޢުލޫމާތު އެއްކުރުމަށް ފުހިހަމަ ކުރަންޖެހޭ ފޯމު ބޭނުންކޮށްގެނެވެ. މި ފޯމު މި އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައި ވާނެއެވެ.

 

 

 

ތަފާސް ހިސާބު ނެގޭނެ ދާއިރާތައް ތިރީގައި މިވަނީއެވެ. 

1.      ޢާންމު ތަންތަނުގައި ހުރި ރުއްގަހުގެ ޢަދަދު؛

2.      ޢާންމުން ތަންތަނުގައި ހުރި ފެންތާނގީގެ ޢަދަދު؛

3.      ވިޔަފާރި ކުރާ ތަންތަނުގެ ޢަދަދު؛

4.      އެއްގަމު އަދި ކަނޑު ދުއްވާ އުޅަނދުފަހަރުގެ ޢަދަދު؛

5.      ފަޅު ގޯތިތަކުގެ ޢަދަދު؛

6.      މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު؛

7.      ރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދު؛

8.      ރަށުގައި ސަރުކާރު ވަޒީފާ އަދާކުރާ މީހުންގެ ޢަދަދު؛

9.      ރަށުގައި އަމިއްލަ ކުންފުނި / ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ޢަދަދު؛

10.  ކަނޑުމަހުގެ މަސްވެރިކަން ކުރާމީހުންގެ ޢަދަދު؛

11.  ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންގެ ޢަދަދު؛

12.  ރަށުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު؛

13.  ކުޔަށްދޫކުރާ ކޮޓަރިތަކުގެ ޢަދަދު؛

 

 

5.

ތަފާސް ހިސާބު ނެގޭ ދާއިރާތައް

(ހ) ތަފާސްހިސާބުގެ ނަތީޖާ ހޯދައި އޭގެ ނަތީޖާ ޢާންމުކުރަންވާނެއެވެ.

 

6.

ތަފާސްހިސާބުގެ ނަތީޖާ ހޯދުމާއި ބޭނުންކުރުން

(ށ) ތަފާސްހިސާބުގެ ނަތީޖާ ޢާންމުކުރާއިރު، މަޢުލޫމާތު ދިން ފަރާތް ހާމަވާނެހެން ޢާންމުކޮށްގެން ނުވާނެއެވެ.

 

 

(ނ) ތަފާސް ހިސާބުގެ ގޮތުގައި، ވަކި ފަރުދެއް ނުވަތަ ޖަމާޢަތަކާބެހޭ މަޢުލޫމާތަކީ އެ މަޢުލޫމާތުދިން ފަރާތުގެ ސިއްރެއްގެ ގޮތުގައި ހިފަހައްޓާންވާނެ އެއްޗެކެވެ.

 

 

(ރ) ދަޢުލަތުގެ އިދާރާއަކުން، ރަށުގެ ތަފާސްހިސާބުގެ މަޢުލޫމާތު ބޭނުންވެއްޖެނަމަ، އެކަން ލިޔުމުން ކައުންސިލަށް ހުށަހެޅުމުން، އެމަޢުލޫމާތު އެ އިދާރާއަކަށް ދޭންވާނެއެވެ.

 

 

(ބ) އަމިއްލަ ފަރާތަކަށް ނުވަތަ މަދަނީ ޖަމިއްޔާއަކަށް ރަށުގެ ތަފާސް ހިސާބުގެ މަޢުލޫމާތު ދެވޭނީ، އެ ފަރާތަކުން ތަފާސް ހިސާބު ހޯދަން ބޭނުންވާ ދާއިރާތަކާއި ބޭނުން ބަޔާންކޮށް ލިޔުމަކުން އެދުމުން، ކައުންސިލުގެ ރުހުމާއެކުއެވެ.

 

 

(ޅ) ތަފާސް ހިސާބު ނެގުމަށްފަހު ކޮންމެ އަހަރަކުވެސް ތަރައްޤީގެ ޕްލޭން އެކުލަވާލަންވާނީ، އެންމެ ފަހުގެ ތަފާސް ހިސާބުގެ ނަތީޖާއަށް ބަލައިގެންނެވެ.

 

 

 

ކޮޅުމަޑުލު ގުރައިދޫ ތަފާސް ހިސާބު ނެގުމާބެހޭ އުޞޫލާ ޚިލާފަށް ތަފާސް ހިސާބު ނަގައި، އޭގައިވާ މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކަށް މި އުޞޫލުގެ ދަށުން ތިރީގައިވާ ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ.

1.      ފުރަތަމަ ފަހަރު -/500 ރުފިޔާ

2.      ދެން އިތުރުވާ ކޮންމެ ފަހަރަކު -/1000 ރުފިޔާ

3.      އެއްވެސް ފަރާތެއްގެ މަޢުލޫމާތު ޢާންމުކޮށްފިނަމަ އެމަޢުލޫމާތު ޢާންމުކުރި ފަރާތް -/1000 ރުފިޔާއިން ޖޫރިމަނާކޮށް ޤާނޫނީ ފިޔަވަޅު އެޅުން

 

7.

އުޞޫލާ ޚިލާފްވުން

(ހ) މިއުސޫލާއި، އަދި މިއުސޫލާއި ގުޅިގެން ޢަމަލުކުރެވޭ ޤަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމާ މަޝްވަރާކުރުމަށްފަހު ޢަމަލުކުރަންވީ ގޮތް ކައުންސިލުންއެފަރާތަކަށް ލިޔުމުން އަންގާނެއެވެ.

8.

ނެތް ކަމެއް ދިމާވުން

(ށ) އެގޮތުން އެކަމެއް ހައްލުނުވެއްޖެ ނަމަ، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ލަފާގެ މަތިންމިއުސޫލާއި ގުޅުންހުރި އެހެނިހެން ޤާނޫނާއި ޤަވަޢިދުތަކަށްބަލައި ކައުންސިލްގެ ޢާންމުބައްދަލުވުމަކަށް އެޖެންޑާކޮށް ފާސްކޮށްގެންނެވެ.

 

 

 

24 މޭ 2023
ހޯދާ