މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

 

      ރ. މީދޫގައި ހަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް، ރ. މީދޫ ކައުންސިލްގެ މާލިއްޔަތުން އިން-ކައިންޑް ފައިސާގެ އެހީދިނުމާއި ބެހޭ ޤަވަޢިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިއަހަރު ފައިސާ ދިނުމަށް ކަނޑައެޅިފައިވާ ޢަދަދަކީ 30،000 ރުފިޔާއެވެ.ވީމާ، ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން އެ ގަވާއިދުގައި ވާގޮތަށް 08 ޖޫން 2023 ގެ 14:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މ މި ޕްރޮޕޯސަލް އަށް ކުރިމަތިލާ ކްލަބް ޖަމްޢިއްޔާތަކަކީ، ސަރުކާރުގެ އިދާރާއަށް ރަޖިސްޓްރީވެ، ގަވާއިދުތަކާއި ގާނޫނުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ވާންވާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅޭނެ ދާއިރާތައް

-          ދީނީ ރޫހް އާލާކުރުމާއި، ދީނީ ޙަރަކާތްތައް ހިންގުން

-          ކުޅިވަރު ޙަރަކާތްތައް ހިންގުމާއި ކުޅިވަރު ދިރުވާ އާލާކުރުން

-          އިޖުތިމާޢީ ރޫހު އާލާކުރުމާއި، އިޖުތިމާޢީ ގުޅުން ބަދަހިކުރުން

-          ތިމާވެށި ހިމާޔަތް ކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުން

-          ކްލަބް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުން

މި އިއުލާނާއެކު، މީދޫ ކައުންސިލްގެ މާލިއްޔަތުން އިން-ކައިންޑް ފައިސާގެ އެހީދިނުމުގެ ގަވާއިދާއި، ޕްރޮޕޯސަލް ހުށަހަޅަންވީ ގޮތުގެ ގައިޑްލައިން https://rb.gy/trlum  ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 

               

04 ޛުލްޤަޢިދާ 1444

24 މެއި 2023

24 މޭ 2023
ހޯދާ