ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2023 ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2023 ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2023، ގައި ބައިވެރިވުމުގެ ފުރުޞަތު 24 މެއި 2023 އިން 04 ޖޫން 2023 އަށް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2023 އިން 05 ޖުލައި 2023 އަށް މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައެވެ. މިމުބާރާތުގެ އެއްވަނަ ޓީމަށް -/25000ރ (ފަންސަވީސް ހާސް ރުފިޔާ) 2 ވަނަ ޓީމަށް -/10000ރ (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ހަމައެކަނި މަޑަވެލިގެ ޓީމްތަކަށް އެކަނި ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.  ޓީމް ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.

https://docs.google.com/forms/d/e/1FAIpQLSdtd4Ag0VEOwqPUt2neV3ABJ5wQI5Lp-PMJB5hENHZ4FcjC3A/viewform

ޓީމްލިސްޓް ހުށަހެޅުމުގެ ފަހު ތާރީޚަކީ 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.

އިތުރުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7332200 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 މޭ 2023
ހޯދާ