ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ އިންޖީނުގެ ހިންގި އިމާރާތް މަރާމާތުކުރަން

ރައްޔިތުންގެ އިންޖީނުގެ ހިންގި އިމާރާތް މަރާމާތުކުރަން ބޭނުންވެއްޖެ.

ރައްޔިތުންގެ އިންޖީނުގެ ހިންގި އިމާރާތަށް ބައެއް ބަދަލު ގެނެސް ޤުރުއާން ކްލާހެއް ހިންގުމަށް ބޭނުންވާ ގޮތަށް އެ އިމާރާތް މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތްކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިކަމުގެ މަޢުލޫމާތު ހޯދުމަށް 03 ފެބުރުވަރީ 2015 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާއަށް އަންދާސީ އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތްކުރުމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ގަޑިޖެހިގެން ދުރުވާ ފަރާތްތަކަށްވެސް ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ރަބީޢުލްއައްވަލް 1436

19 ޖަނަވަރީ 2015
ހޯދާ