މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ސްޓޭޑިއަމް ސަރަޙައްދުގައި ގުދަނެއް ހެދުމަށް ބިން ކުއްޔަށް ދޫކުރުން

                  ނ. ކެނދިކުޅުދޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގު އުތުރުން، ކަނުން ގުދަނެއް ހެދުމަށް 2368 އަކަފޫޓުގެ 1 ބިން ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ގުދަނެއް ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

 

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  29 މެއި 2023 ވާ ހޯމަ ދުވަހު  14:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/AcCW8GG7yk
  • ބިން ނަންބަރު WS001 ޚާއްސަ ކުރެވިފައިވަނީ ގުދަނެއް ހެދުމަށެވެ.

 

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 31 މެއި 2023 ވާ ބުދަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 07 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. މެއިލް ކުރަށްވާނީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.
  • ކެނދިކުޅުދޫ ފުޓްބޯޅަ ސްޓޭޑިއަމް ސަރަހައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެއްމެ ދަށް އަގަކީ އަކަފޫޓަކަށް 15 (ފަނަރަ) ލާރިއެވެ.

މާކްސް ދިނުން

  • ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %60 (ސާޅީސް ޕަސަންޓް)

 

  • ހުށަހަޅާ ޕްރޮޕޯޒަލްއަށް   %40 (ފަސްދޮޅަސް ޕަސަންޓް)

ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު            %5

-          ޙިދުމަތުގެ މުއްދަތަށް                   %5

-          ސީ. އެސް. އާރު.                   

-          ވަޒީފާ އުފައްދާ މިންވަރު             

-          ތަޖުރިބާ                        

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

3  ޛުލްޤައިދާ 1444

23  މެއި    2023

23 މޭ 2023
ހޯދާ